ސްޓެލްކޯ އިން އިންޖީނުގެ ބޮޑުކުރަނީ ގާނޫނާ ހިލާފަށް: ނަޝީދު

ސްޓެލްކޯ އިން އިންޖީނުގެ ބޮޑުކުރަމުން ގެންދަނީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްހީ ގޮތުން އަދި އެހެން ހުރިހާ ގޮތަކުން ވެސް އިންޖީނުގެ މާލޭގައި އުޅޭ މީހުންނަށް މުސީބާތަކަށް ވެފައިވާ ކަމަށެވެ. އަދި ސްޓެލްކޯ އިން އިންޖީނުގެ ބޮޑު ކުރަމުންގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މިކަމަށް ހައްލު ނުގެނެސް ސްޓެލްކޯ އިން އެހެން އެއްވެސް ކަމެއް ކުރުމަކީ ކުށެއް" ނަޝީދު ވިދާޅުވިއެވެ.
Malé enginege mihaaru evanee Malé ga dhiriulhey meehunah museebathakahvefa. Sihhee gothun adhi ehen huriha gothakunves. STELCO in enginege bodu kuramun egendhanee qaanoon akai qawaidha hilaafah. Mikamah hallu nugenes STELCO in ehen evves kameh kurumakee kusheh @anuahsa @HMughnee
— Mohamed Nasheed (@MohamedNasheed) July 19, 2021
ނަޝީދު މިހެން ވިދާޅުވިއިރު ސްޓެލްކޯ އިން ވަގުތީ ޖަނަރޭޓަރުތައް ބަހައްޓާފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭ ގޮތަށް ހަމަޖެއްސުމަށް އެދި ސިވިލް ކޯޓަށް ދާދިފަހުން ވަނީ މައްސަލައެއް ވައްދާފައެވެ.
އެގޮތުން ކޯޓަށް އެ މައްސަލަ ހުށަހެޅީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ (ޕީއައިއެލްސީ) ފަރާތުންނެވެ.
ޕީއައިއެލްސީގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސިއްހަތު ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން ނިގުޅައިގެންފައިވާތީ، އެ ކުންފުނިން ބަހައްޓާފައިވާ ޖަނަރޭޓަރުތައް އެހެން ތަނަކަށް ބަދަލުކުރަން އަމުރުކޮށްދިނުމަށެވެ. ނުވަތަ އެކަށީގެންވާ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމާ އެކު ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅުއްވައި ދިނުމަށެވެ.
މީގެއިތުރުން އެ ޖަނަރޭޓަރުތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާ ކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ އެޗްއާރުސީއެމަށާއި ރައްޔިތުންގެ މަޖިލީހަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭ މައްސަަލައެއް ވެސް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ