ސުޕްރީމް ކޯޓުގެ ހުކުމް އަވަސްވާން ޖެހޭ – ޑރ ޝަހީމް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ މައްސަލަގައި ޖުމްހޫރީ ޕާރޓީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އަވަސްވާން ޖެހޭ ކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.އިސްލާމިކް އެފެއާރޒް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ދިއިސްލާމްއަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އަވަސްވާން ޖެހޭކަމަށާއި އިންތިހާބާ މެދު އުފެދިފައިވާ ޝައްކުތަކަށް އަދުލުވެރި ހައްލެއް އަންނަން އެބަޖެހޭ ކަމަށެވެ. އަދި ނުރައްކާތެރި ކަންތައްތަކެއް ހިންގާފައިވާނަމަ ޤާނޫނީ ގޮތުން ކުރަންޖެހެ ކަންކަން ކުރުމަކީ ކަމާބެހޭ ފަރާތުގެ ޒިންމާއެއް ކަމަށާއި ދެފުށް ފެންނަ، ނަޒާހާތްތެރި، މިނިވަން، އިންސާފުވެރި އިންތިހާބެއް އޮންނަން ޖެހޭ ކަމަށެވެ.ޑރ ޝަހީމް އިތުރަށް ވިދާޅުވީ މައްސަލަތަކެއް އުޅޭނަމަ ވޯޓާސް ރަޖިސްޓްރީ ރަނގަޅު ކުރެވެން ޖެހޭނެކަމަށެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިންތިހާބު ބޭއްވި ރައްޔިތުން ބަސްބުނެ ރާއްޖޭގެ ދިމިގުރާތީ ނިޒާމުގެ ތަނބުތަކުގައި ރެނދު އެޅުމެއްނެތި ކުރިއަށް ދާންވާނެ ކަމަށާއި ރައްޔިތުން ނިންމާގޮތެއް ހުރިހާ ރައްޔިތުން ޤަބޫލުކުރަންވާނެ ކަމަށެވެ.“.. ވޯޓާސް ލިސްޓް ރަނގަޅުކުރެވެން ޖެހޭނެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިންތިހާބު ބޭއްވި ރައްޔިތުން ބަސްބުނެ ރާއްޖޭގެ ދިމިގުރާތީ ނިޒާމުގެ ތަނބުތަކުގައި ރެނދު އެޅުމެއްނެތި ކުރިއަށް ދާންވާނެ ” ޑރ ޝަހީމް ވިދާޅުވިއެވެ.އިންތިހާބުން ނަތީޖާތަކެއް ހާސިލްކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ އިންތިހާބަށް ފަހު ހޮވޭ ވެރިކަމަށް އިހުތިރާމް ލިބެންވާނެ ކަމަށާއި މަގުން ކަށިޔާރު ވެއްޖެނަމަ ހެޔޮގޮތުގައި މަގަށް އެޅުވެން ވާނެ ކަމަށެވެ. އަދި ދިވެހި ޤައުމު ހަމަޖެހި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމެއްނެތި ކުރިއަށް ގޮސް، ނަފްރަތާއި ރުޅިވެރިކަން ފިލުވާލާ ޤައުމު އެއްބައިވަންތަވުންމީ އިންތިހާބުން ޙާސިލްކުރަންވާނެ ނަތީޖާތައްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ