އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން، ޤައުމުގެ ސަލާމަތީ ކަންތައްތައް ހިނގަމުންދާނެގޮތާ ބެހޭގޮތުން ޤައުމީ ސަލާމަތާބެހޭ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ސަލާމަތީ ކަންތައްތައް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު، އެމް.އެން.ޑީ.އެފް. އިންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޖިލީހުގެ ބޭފުޅުންނާ ޙިއްޞާ ކުރެއްވިއެވެ.
ޤައުމީ ސަލާމަތީ މަޖިލީހަކީ ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޤައުމީ ސަލާމަތާ ގުޅޭ އެންމެހާ ކަންތައްތަކުގައި، ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަޝްވަރާ ދެއްވުމަށްޓަކައި އުފައްދަވާފައިވާ މަޖިލީހެކެވެ.
ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު މި އިންތިހާބުގައި ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުން މިހާރު އޮތީ ތައްޔާރީ ހާލަތުގައި އެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން ސަލާމަތީ ބާރުތަކާއި މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ