ކަރަންޓް ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ގދ. ގައްދޫ ކައުންސިލް އިދާރާއިން މިއަދު ކަރަންޓް ކަނޑާލައިފި އެވެ.
ގައްދު ކައުންސިލް ރައީސް، މުހައްމަދު ރިޒާން މިއަދު ވިދާޅުވީ އިދާރާއިން ކަރަންޓް ކަނޑައިލާނެ ކަން އިންޖީނު ގެއިން އިއްޔެ އަންގާފައިވާ ކަމަށާއި ކަރަންޜް ކަނޑައިލީ 2011 ވަނަ އަހަރުގެ ކަރަންޓް ބިލްތަކުގެ ތެރެއިން ހަ މަސް ދުވަހުގެ ބިލުތަކަށާއި މި އަހަރުގެ ފަސް މަދުވަހުގެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަފައި ނުވާތީ ކަމަށެވެ.
ގައްދޫ ކައުންސިލްގެ އިދާރާއިން ކަރަންޓް ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 400000ރ. އަށް އަރާ އެވެ.
"މީގެ ކުރިން 2010 ވަނަ އަހަރު ވެސް މި މައްސަލަ ދިމާވި މިފަހަރު މި މައްސަލަ ދިމާވީ ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ ނުލިބުމުން، އަޅުގަނޑުމެން ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އާ ވެސް މިގެންދަނީ ވާހަކަ ދައްކަމުން އިއްޔެ ވެސް އޭގެ ކުރިން ވެސް ވަނީ ވާހަކަ ދައްކާފައި. މިއަދު ކަރަންޓް ކަނޑައިލުމުން ވެސް މިގެންދަނީ އެކަން ހައްލު ކުރަން ވާހަކަ ދައްކަމުން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ރިޒާން ވިދާޅުވީ ބިލްތަކަށް ފައިސާ ދެއްކުމުން ނޫނީ ކަރަންޓްގެ ހިދުމަތް ދޭން އިންޖީނުގެ އިން އެއްބަސް ނުވާ ކަމަށާއި އޭގެ ސަބަބުން ކައުންސިލްގެ އިދާރާގެ ހުރިހާ މަސައްކަތެއް ހުއްޓި 3000 މީހުންގެ އާބާދީއަށް ދޭން ޖެހޭ ހިދުމަތްތައް ދިނުން މިއަދު ހުއްޓިފައިވާ ކަމަށެވެ.
ފިތުރު އީދާ އެއް ގޮތަށް މަފަހަރުގެ އަޟުހާ ނަމާދު ކުރުން ވެސް ސްޓޭޑިއަމް ބޮޑު ޖަމާއަތުގައި ބާއްވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ އަޟްހާ އީދު ދުވަހު މާލޭގައި އީދު ނަމާދު ކުރާނީ ސްޓޭޑިއަމް ސަރަހައްދުގައި ކަމަށާއި އެކަމަށް ބޭނުންވާ ހުއްދަ ސަރުކާރުގެ މުއައްސަސާތަކުން މިހާރު ލިބިފައިވާ ކަމަށެވެ.
"މި މަސައްކަތަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބެމުންދަނީ. ހާއްސަކޮށް ޒުވާނުންގެ ފަރާތުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަން ފާހަގަކުރަން. އީދު ނަމާދުގެ އިންތިޒާމުތައް މިހާރު މިދަނީ ހަމަޖައްސަމުން،" ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދި ވިދާޅުވި އެވެ. ދިދީ ވިދާޅުވީ މާލޭގެ މިސްކިތްތަކުގެ ކަންކަން މިވަގުތު ބަލަމުން ގެންދަނީ މާލެ ސިޓީ ކައުންސިލުން ކަމަށާ، އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި މާލެ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ވިލިމާފަންނު ދާއިރާގެ ކައުންސިލަރު އަޙްމަދު ހަމީދު (ފްލައި) ވިދާޅުވީ އަޟްހާ އީދު ދުވަހު އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ވީހާވެސް ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ސިޓީ ކައުންސިލަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އިސްލާމިކް މިނިސްޓްރީއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ތަކެތީގެ ގޮތުންނާއި އަދި އަޅުގަނޑުމެންގެ މީހުން ބޭނުންކޮށްގެން ވެސް އެއިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީއާއި މަޝްވަރާކޮށް ވާހަކަ ދައްކަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ވަރަށް ރަނގަޅަށް،" ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ އީދު ނަމާދަށް ސްޓޭޑިއަމް ސަރަހައްދު މިފަހަރު ތައްޔާރުކުރަނީ އެއްލައްކަ މީހުންގެ ޖަމާއަތަކަށް ވިސްނައިގެން ކަމަށާއި މިފަހަރު ސްޓޭޑިއަމް ސަރަހައްދު ފިޔަވައި މާލޭގައި އީދު ނަމާދު ކުރާނީ މާލޭގެ ބޮޑެތި މިސްކިތްތަކުގައި ކަމަށެވެ.
މިދިއަ ފިތުރު އީދު ދުވަހު ސްޓޭޑިއަމް ސަރަހައްދުގައި އީދު ނަމާދު ކުރަން ހަމަޖެއްސުމުން 30،000 އަށް ވުރެ ގިނަ މީހުން އެދުވަހުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރި އެވެ.
ފައިސާ ނުދެއްކުމުން ގައްދޫ ކައުންސިލްގެ އިދާރާއިން ކަރަންޓް ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ