މަޖިލީހުގައި ހިނގި މާރާމާރީގެ މައްސަލައާ ގުޅިގެން މަހްލޫފާއި، އިލްހާމް އަދި އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި
19:00ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މެދުގައި މިދިޔަ އަންގާރަ ދުވަހު ހިނގައިދިޔަ މާރާމާރީގެ މައްސަލައާ ގުޅިގެން ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.އޮޑިޓަރ ޖެނަރަލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދަނިކޮށް އެމްޑީޕީ އާއި ޑީއާރުޕީގެ މެންބަރުންގެ މެދުގައި ހިނގި ބަހުގެ ހޫނު ހަމަލާތަކަކަށް ފަހު، މަޖިލީހުގައި ހިނގައިދިޔަ މާރާމާރީއާ މައްސަލަތަކާ ގުޅިގެން މިއަދު ހަވީރު ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު، ނުކުމެވަޑައިގެން ނޫސްވެރިން މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ފުލުހުން ސުވާލުކުރުމުން ގާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ މިނިވަންކަން ބޭނުންކުރެއްވީ ކަމަށެވެ. އަދި މަޖިލީހުގައި ހިނގައިދިޔަ މައްސަލަތަކުގެ އިތުރުން ދެ މައްސަލައަކާ ގުޅިގެން އޭނާއާ ސުވާކޮށްފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އެއީ ދާދީ ފަހުން މުލިއާގޭ ދޮށަށް އެއްވި މައްސަލައަކާއި މީހެއްގެ ގައިގާ ޖެއްސެވި ކަމަށް ބުނާ މައްސަލައެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.މަހްލޫފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދާއި ގެމަނަފުށީ ދާއިރާގެ މެންބަރ އިލްހާމް ވެސް ވަނީ ފުލުހުންގެ އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. މި ތިން ބޭފުޅުންނަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީ އާއި ޑީއާރުޕީގެ ސަޕޯޓަރުންގެ މެދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން، މާލެތެރޭގައި ހަމަނުޖެހުން ހިންގާ ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްގެން ދޫނިދޫ އަށް ވެސް ގެންދަވާފައިވާ ހަތަރު ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ