"ހަވީރު"ގެ ކޫޕަން ޕޭޖްގައި އިސްތިހާރުކުރުމުގެ ފުރުސަތު ހުޅުވާލައިފި

"ހަވީރު" ނޫހުގައި ކޫޕަން ޕޭޖްގެ ނަމުގައި އިސްތިހާރުކުރުމުގެ އާ ފުރުސަތެއް ހުޅުވާލައިފި އެވެ.
ހަވީރުގެ މާކެޓިން ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ ކޫޕަން ޕޭޖްގެ ނަމުގައި ކޮންމެ ދުވަހަކު ކުލަކޮށް ނޫހުގައި ޝާއިއުކުރާ ސޮފުހާގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނިތަކުން ހާއްސަ ޑިސްކައުންޓްދޭ ކޫޕަންތަކެއް ހިމަނާފައިވާނެ ކަމަށެވެ.
"މި ޕޭޖްގައިވާ ކޫޕަން ހިފައިގެން ދިއުމުން އެ ތަނަކުން ކުރާ ވިޔަފާރިއަކުން ޑިސްކައުންޓް ލިބޭނެ. އެ ގޮތުން މަޝްހޫރު ފިހާރަތަކާއި ފޮޓޯ ނަގާ ސްޓޫޑިއޯ އާއި ރެސްޓޯރަންޓް ނުވަތަ ކެފޭތަކުން ވެސް ޑިސްކައުންޓް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ކޫޕަން ޕޭޖްގައި އިސްތިހާރުކުރާ ފަރާތްތަކުން ފަސް ޕަސެންޓުން މަތީ ޑިސްކައުންޓް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ސޮފުހާގައި އިސްތިހާރުކުރާ ފަރާތްތަކަށް ހަފުތާއަކު އެއް ފަހަރު ތަފާތު ޕްރޮޑަކްޓް އިސްތިހާރު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަލަށް ތައާރަފްކުރި ސޮފުހާގައި އިސްތިހާރުކުރާ ފަރާތްތަކަށް ސީދާ ފީޑްބެކް ލިބެމުންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ