އެލައިޑުގެ ފައިސާ އަށް ހިޔާނާތްތެރިވި މީހެއްގެ މައްސަލަ ޕީޖީއަށް

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި މީހެއްގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިދިޔަ ހަފުތާގައި ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ބ. ކަމަދޫ، ވީސަންގޭ އަހުމަދު ހުޝާމް 26، ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ އެލައިޑުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ 2008 ގެ ތެރޭގައި އެ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ކަމަށެވެ. އެކަމަކު އޭނާ ހިޔާނާތްތެރިވީ އެލައިޑުގެ ކިހާ އަދަދެއްގެ ފައިސާއަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ