ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށްކަން އެނގިތިބެ ހައްޔަރުކޮށްގެން ގެންގުޅުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެއްކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ޑރ ހުސައިން މިހެން ވިދާޅުވީ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށްކަމަށާ މިއަދު އެކަން އެނގިތިބެ އެމަނިކުފާނު ހައްޔަރުކޮށްގެން ގެންގުޅުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެއްކަމަށެވެ. ޑރ ހުސައިން ވަނީ ގާސިމް އިބްރާހިމް ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ގާނޫނާއި ޚިލާފަށް ގާސިމް ހައްޔަރުކޮށްގެން ގެންގުޅުމަކީ ބޮޑުކުށެއް: ޑރ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ