ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ދޫކުރަންޖެހޭ ފައިސާ މިހާތަނަށްވެސް ޕާޓީތަކަށް ދޫކޮށްފައިނުވާ މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ފިނޭސް މިނިސްޓަރުގެ ފޮޓޯއަކާއިއެކު ހަސަން ލަތީފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާއަކީ، ފިނޭންސް މިނިސްޓަރު މުނައްވަރަށް އާއިލާއިން ވާރުތަވީ ފައިސާތަކެއް ނޫންކަމަށެވެ. އެއީ އެތަށްހާސް ދިވެހި ރައްޔިތުންނެއްގެ ހައްގެއް އަދި މިލްކެއްކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު ވަނީ އެ ފައިސާއަށް ޚިޔާނަތްތެރިވެ، އަބަދު ތިޔަހެން ހުރެވޭނެކަމަށް ހީނުކުރުމަށް ފިނޭންސް މިނިސްޓަރަށް ރައްދުކުރައްވާ ވިދާޅުވެފައެވެ.
ފައިސާ ދޫނުކުރާ މައްސަލާގައި ހަސަންގެ ހޫނު ރައްދެއް ފިނޭންސް މިނިސްޓަރަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ