ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްރަށަށް އެހީވާން ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ކުރިއަށް ގެންދާ އެހީ ޕްރޮގްރާމްގައި މިހާތަނަށް 103 ރަށަކަށް ތަކެތި ހަދިޔާކޮށްފިއެވެ.
މަންޑޭގެ ފަރާތުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރަށްތަކަށް ވެސް އެހީގެ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ. މަންޑޭގެ އެހީ ވަނީ ރަށްތަކުގެ އިތުރުން މާލޭގެ ޓްރެފިކް ޕޮލިހާއި ގަލޮޅު ޕޮލިހާއި ވިޒިޓް ލާމާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި އެމްއެންޑީއެފާއި އައިޖީއެމްއެޗާއި އެޗްޕީއޭއަށް ވެސް ދީފައެވެ.
އެހީގެ ގޮތުގައި މަންޑޭ ފޯރުކޮށްދެމުން ދަނީ މާސްކާއި ސެނިޓައިޒާ އާއި އަންގި އެވެ. ސަރުކާރުގެ ބައެއް އިދާރާތަކަށް އެތަކެތީގެ އިތުރުން ކޮވިޑާ ގުޅިގެން އޮފިޝަލުން ބޭނުން ކުރާ ރައްކާތެރި ކަމުގެ ހެދުން ވެސް ދެ އެވެ.
މިހާތަނަށް ރަށްރަށާއި އިދާރާތަކަށާއި ޖަމިއްޔާތަކަށް މަންޑޭގެ އެހީ ޕްރޮގްރާމްގައި ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ޖުމްލަ 2346 ފުޅި ސެނެޓައިޒާ އާއި 87،600 މާސްކާއި 28،300 އަންގި އާއި 300 ގައުން ހިމެނެ އެވެ.
މަންޑޭ އެހީގެ ތަކެތި ފޯރުކޮށްދެނީ އެކަމަށް އެދި ކައުންސިލް މެދުވެރިކޮށް ސިޓީއެއް ލިބުމުންނެވެ. އެއީ އެންމެ ހަޤުވެރިންނަށް އެހީ ފޯރުކޮށްދިނުމަށް ރާވާފައިވާ އިންތިޒާމެކެވެ.
ކޮވިޑް-19 އާއި ގުޅިގެން އެންމެ ގިނަ ރަށްތަކަށް މިހާތަނަށް އެހީގެ ތަކެތި ފޯރުކޮށްދިން ވިޔަފާރިވެރިޔަކީ މަންޑޭ އެވެ. އެކަން ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ފާހަގަ ކުރަމުންނެވެ.
މަންޑޭގެ އެހީ 103 ރަށަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ