ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ބުނީ މުޅި ހުޅުމާލެއިން ކަރަންޓް ދިޔައީ މިއަދު ހެނދުނު 9:40 ހާއިރު ކަމަށެވެ.
ހުޅުމާލެއިން ކަރަންޓް ދިޔަ ފަހުން ދޮޅުގަޑިއިރަށް ވުރެ ގިނައިރުވެގެން ދިޔައިރު އަދިވެސް ކަރަންޓް ނުލިބޭ ކަަމަށްވެސް ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ވަނީ ބުނެފަ އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ ހައިވޯލްޓެޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކޭބަލަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ