ގަވަރުނަރު އަހުމަދު ނަސީރު ސޮއިކުރައްވާފައިވާ ނޫޓު ނެރެނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް މިދިޔަ އަހަރު އައްޔަނު ކުރެއްވި އަޙުމަދު ނަސީރު ސޮއި ކުރައްވާފައިވާ ނޫޓު ނެރުމަށް ނިންމައިފި އެވެ.
އެމްއެމްއޭ އިން ބުނީ ގަވަރުނަރު އަހުމަދު ނަސީރު ސޮއި ކުރައްވާފައިވާ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގައި ކަމަށެވެ.
މިހާރުވެސް ދައުރުވަމުން ދާ ފައިސާތަކުގެ ތެރެއަށް އާ ފައިސާ ނެރެނީ އަލުން ޗާޕް ކުރަން ޖެހޭ ވަރަށް ސްޓޮކް ދައްވުމުން ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އަލުން ޗާޕުކޮށްގެން މިއަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެއަށް ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވަނީ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓެވެ.
މިހާރު ދިވެހި ފައިސާގެ ނޫޓުތަކުގައި ސޮއިކޮށްފައިވާނީ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ