ހައްގު ވެރިކަމެއް ކުރެވޭނީ ސެކިއުލާ ވިސްނުމެއް ގެންގުޅެގެން ކަމަށް އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ އިންކަމް ޓެކްސް ނުދެއްކި ނަމަވެސް މުދަލު ޒަކާތް އެއީ ދައްކަން މަޖުބޫރު އެއްޗަކަށް ވާންޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
އެ ޓްވީޓަކާ ގުޅިގެން ޑރ.ޝަހީދު ވިދާޅުވީ ސިޔާސީ ޕާޓީ ނިޒާމަކުން ހައްގު ވެރިކަމެއް ކުރެވޭނީ ސެކިއުލަރ ވިސްނުމެއް ގެންގުޅުނު ދުވަހަކުން ކަމަށެވެ.
ޝަހީދުގެ މި ޓްވީޓާ ގުޅިގެން ފައްޔާޒު ވިދާޅުވީ ހިޔާލަކީ ތަފާތު އެއްޗެއް ކަމަށާއި އޭނާ ބޭނުންވަނީ އިސްލާމް ދީނުގެ އުސޫލުތަކުން ވެރިކަން ކުރާ ނިޒާމެއް ރާއްޖޭގައި އޮތުމަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެ ނޫން ގޮތެއް ބޭނުންވެއްޖެނަމަ އެ ރައްޔިތަކު އެކަން ކުރާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ މި ވާހަކަތަކާ ގުޅިގެން ޝަހީދު ވިދާޅުވީ ސެކިއުލަރ ނިޒާމަކީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ނިޒާމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގައި މަޖުބޫރު ކަމެއް ނެތް ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީދު ވަނީ ސެކިއުލަރ ވެރިކަމެއްގައި ސަރުކާރަށް ބުރުގާ އަޅަން ވެސް ނާޅަން ވެސް ނޭނގޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ ހަމަ އުސޫލު މޫނުބުރުގާ އަށް ވެސް އޮންނާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.
ޑރ.ޝަހީދު މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު އޭނާ އަކީ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ހާއްސަ ރެޕެޓުއަރ އެވެ.
ހައްގު ވެރިކަމެއް ކުރެވޭނީ ސެކިއުލާ ވިސްނުމެއް ގެންގުޅެގެން - ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ