އޮންލައިންކޮށް މޯލްޑިވް ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކޭނެ ޚިދުމަތެއް ތައާރަފްކޮށްފި

މޯލްޑިވް ގޭސް ފުޅިއަށް އޯޑަރުކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭ ނިޒާމެއް އުރީދޫ މޯލްޑިވްސް އާއި މޯލްޑިވް ގޭސް ގުޅިގެން ތައާރަފްކޮށްފި އެވެ.
މި ޚިދުމަތް ތައާރަފުކޮށްފައިވަނީ އުރީދޫގެ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށެވެ.
ސޯޝަލް ސެންޓަރު ސޮޓޭޖް އޭރިއާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ހިދުމަތް ތައާރަފްކޮށްދެއްވީ މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން އާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިރެކްޓަރ މައުމޫން ވިދާޅުވީ، މޯލްޑިވް ގޭސްއާ ގުޅިގެން ފެށި މިޚިދުމަތާއެކު އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ފަޞޭހަތަކެއް ލިބިގެންދާނެކަމަށެވެ.
އަދި ކަންކަން ކުރި އަރަމުންދާއިރު، އެއާ އެއްކޮށް ޒަމާނީ ޑިޖިޓަލް ކުރިއެއެރުންތަކެއް ވެސް އަންނަން ޖެހޭކަމަށެވެ.
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިހާރުވެސް، ސްޓެލްކޯ، މީޑިއާނެޓް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ބިލްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ