މޫސުން ގޯސްވެ، ހއ އަތޮޅާއި ކ އަތޮޅާ ދެމެދަށް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅާއި ކ އަތޮޅާ ދެމެދަށް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާން ވަނީ އެ ސަރަހައްދަށް، މިއަދު ހެނދުނު 10:15 އިން މެންދުރު ފަހު 15:15 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވެއެވެ.
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކުރެވޭކަމަށްވެސް މީޓިއޮރޮލޮޖީން ބުނެއެވެ.
މީޓިއޮރޮލޮޖީން ބުނި ގޮތުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިޖެހެމުންދާނީ ހުޅަނގު ދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މީޓިއޮރޮލޮޖީން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ