ޤަނޫނީ ދާއިރާގެ ބޭފުޅުން ދޮގު މަޢުލޫމާތު ފަތުރަމުންދާތީ އިލެކްޝަނުން ކަންބޮޑުވުން ފާޅުކޮށްފި
ޒިންމާދާރު މަގާމުތަކުގައި ތިއްބަވައިގެން ރައްޔިތުންނަށް އޮޅުވާލުމަށް ދޮގު މަޢުލުމާތު ތައް ފަތުރަމުން ދާތީ އިލެކްޝަން ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވީ ޤާނޫނި ދާއިރާއިން ކިޔަވާ ވިދާޅުވެގެން ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުނަށް ދޮގު ހަދާ އޮޅުވާލަނީ، އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ގޮތުން ކަމަށެވެ. އެގޮތުން ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ އެފަދަ ބޭފުޅުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކައް ވާހަަކަތައް ބައްޓަންކޮށް ވާޙަކަ ދައްކަވާތީ އެކަމާ ހިތާމަ ކުރައްވާކަން އަކްރަމް ފާހަގަކުރެއްވިއެވެ. އަދި އިލެކްޝަން ކޮމިޝަނުގެ ނަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް އަކްރަމް ވަނީ ގޮވާލައްވާފައެވެ. އަކްރަމް މިފަދައިން ގޮވާލައްވާފައިވާއިރު، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން، މާރިޔާ އަހްމަދު ދީދީ ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް އިލެކްޝަން ކޮމިޝަން ބަދުނާމުވާ ގޮތައް ވާހަކަ ދައްކަވާފައެވެ. އެގޮތުން ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރާ ލިސްޓު ޕާޓީތަކަށް ލިބެން ޖެހޭ ކަމަށް މަރިޔާ ވިދާޅުވެފައި ވެއެވެ. ނަމަވެސް އަކްރަމް ވިދާޅުވިގޮތުގައި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ލިސްޓުތަކުގައި ސޮއި ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ކުރިން އެމްޑީޕީއަށް އެ ލިސްޓުގެ ކޮޕީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެމްޑީޕީގެ އެދުމުގެ މަތިން، އެ ޕާޓީއަށް ފޮނުވި ވޯޓާސް ލިސްޓުގެ ކޮޕީ މަންދޫބުން ސޮއިކުރުމަށް އިލެކްޝަނައް ވަޑައިގެންނެވި އިރު ގެނެއުމަށް ހުއްދަވެސް ދެއްވާފައިވާ ކަމަށެވެ.އެގޮތުން އެމްޑީޕީން އެފަދައިން ހުށައަޅާފައިވަނީ ދެ ލިސްޓު އަޅާކިޔުމަށް އެ ޕާޓީއިން ބޭނުން ވުމުން ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މަރިޔާ ދީދީ މި މަހުގެ 6 ވަނަ ދުވަހު ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަން ހިފައިގެން ވަދެވޭ ގޮތަށް މަގުފަހިކޮށް ދިނުމަށް ގޮވާލެއްވި އިރުވެސް، އިލެކްޝަން ކޮމިޝަނުން ވަނީ އަމިއްލަ ގަލަން ހިފައިގެން ވޯޓްލާން އަންނަ ފަރާތްތަކައް ވަދެވޭނެ ކަމަށް ބަޔާންކޮށްފައެވެ. ބައެއް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ އޮބްޒާވަރުންނާއި އޮފިޝަލުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ދިހަވަރަކަށް ހާސް މީހުންގެ ފޯމު ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ޚަބަރެއް ނުވާ ކަމަށެވެ. ނަމަވެސް އޮބްޒާވަރުންނާއި އޮފިޝަލުނާއި، މޮނީޓަރުންނާއި، އެކޮށްލައިގެން ވާ ޖުމުލަ އަދަދަކީ 6805 ފަރާތެވެ. އަދި ޕާޓީތަކުގެ އޮބްސާވަރުންގެ ގޮތުގައި ހަރަކާތްތެރިވަނީވެސް 2617 މީހެކެވެ. މީގެއިތުރުން އިންޓަނޭޝަނަލް އޮބްސާވަރުންގެ ގޮތުގައި 51 ފަރާތެއް ހަރަކާތްތެރިވާނެ އެވެ. މީގެއިތުރުން، އޮފިޝަލުންގެ ވާހަކަ އެމްޑީޕީގެ ފަރާތުން ދައްކަވަމުން ދާ ދަނޑިވަޅުގައި އަކްރަމް ވިދާޅުވީ، އޮފިޝަލުންގެ ހުރިހާ ކަންކަމެއްވެސް ކުރާނީ އިލެކްޝަނުން ކަމަށާއި އޮފިޝަލުން އަކީ އިލެކްޝަންގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ފަރާތްތަކެއް ކަމަށެވެ. އަދި އޮފިޝަލުނަކީ އެއްވެސް ހާލެއްގައި ސިޔާސީ ޕާޓީއަކާއި އެކު ގުޅުމެއް އޮންނަ ފަރާތެއް ނޫންކަން އަކްރަމް ފާހަގަކުރެއްވިއެވެ. އަދި އެ ފަދައިން ޤަނޫނުގައި ބަޔާން ކޮށްފައިވާއިރު، ޤަނޫނު ރަނގަޅައް ދެނެވަޑައިގެން ހުންނެވި ބޭފުޅަކު، އޮފިޝަލުން ފާސް ނުލިބޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރުމަކީ ހިތާމަ ހުރި ކަމަށް ކަން އަކްރަމް ފާހަގަކުރެއްވިއެވެ. އަދި ޤަނޫނު ލާޒިމު ކުރާ މުއްދަތުގެ ކުރިން، އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފާސް ދޫކުރައްވާނެ ކަން އަކްރަމް ފާހަގަކުރެއްވިއެވެ. އެގޮތުން އިންތިހާބުތަކާއި ބެހޭ އާއްމު ޤާނޫނުގައި ބުނާގޮތުން، އިންތިހާބެއްގެ 10 ދުވަސް ކުރިން އެ އިންތިހާބު އޮބްސާވް ކުރާ އަދި މޮނީޓާ ކުރާ ފަރާތްތަކައް ފާސް ދޫކުރަން ޖެހޭނެއެވެ.މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން އަންނަނީ ސޮއި ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގައި ތިބެގެން، ސޮއި ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 25 މީހަކަށް ވަނީ ފުރުސަތު ދީފައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ ދީދީގެ ފަރާތުން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ޗެނަލް 13 އަށް އެއްވެސް ވަރަކަށް ދައުވަތު ނުދެއްވައެވެ. އަދި ޗެނަލް 13 ގެ ފަރާތުން އެ ނޫސްވެރިންގެ ބައްދަލުވުންތަކައް ދައުވަތު ދެއްވުމަށް އެދިވަޑައިގަތުމުންވެސް އެކަމަށް އެމްޑީޕީގެ ފަރާތުން އިންކާރު ކުރައްވާފަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ