ޖާންވީ އާއި އިޝާންގެ ލޯބި ނިމުމަކަށް

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރުގެ ފުރަތަމަ ފިލްމު "ދަޅަކް" ގައި މި ދެ ތަރިން ދެއްކި ކުޅަދާނަ ކަމުން ވަރަށް ގިނަ ބަޔަކު ހައިރާންވި އެވެ. އަދި މި ދެ އެކްޓަރުންގެ ކެމިސްޓްރީ ރަނގަޅު ކަމުން ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ވާހަކަ ދެކެވެން ފެށި އެވެ.
ރައްޓެހި ވެގެން އުޅޭ ކަމަކަށް އިޝާން އާއި ޖާންވީ އެއްބަހެއް ނުވެ އެވެ. ނަމަވެސް އެކުގައި މާ ގިނައިން ބޭރު ތެރޭން ފެންނަން ފެށުމުން މިއީ ހަގީގަތެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޖާންވީ އާއި އިޝާންގެ ލޯބީގެ ކުނިޖެހި އެންމެ ފަހުން ދެ މީހުން މިހާރު ވަނީ ވަކިވެފަ އެވެ. ސަބަބެއް ކަމަށް ވަނީ ދެ އެކްޓަރުން ވެސް މިހާރަށް ވުރެ ބޮޑަށް ކެރިއަރަށް ފޯކަސް ކުރަން ބޭނުން ވާތީ އެވެ.
އިންޑިޔާގެ ނޫހެއްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އިޝާން އާއި ޖާންވީއަށް މި ވަގުތަށް އެންމެ ބޭނުންވަނީ ލޯބީގެ ކުޅިގަނޑަކަށް ވުރެ ބޮޑަށް ކެރިއަރަށް ފޯކަސް ކުރާށެވެ. ނަމަވެސް ޖާންވީ އާ ހެދި އިޝާން އުޅޭވަރުން ޖާންވީއަށް އުނދަގޫވާން ފެށީ އެވެ.
ދެ އެކްޓަރުން އެކުގައި ކުޅުނު "ދަޅަކް" ކުޅެ ރިލީޒް ކުރުމާ ހަމަޔަށް އިޝާން އާއެކު ގިނަ ވަގުތު ހޭދަކުރަން ޖާންވީ އަށް އެންމެ ރަނގަޅު ނަމަވެސް ފިލްމު ނިމުމަށްފަހު މާ ގިނައިން އިޝާން އާ ބައްދަލުކޮށް ހެދުމަކީ ޖާންވީ އަށް އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. ނަމަވެސް ޖާންވީ ކުޅޭ ފިލްމުތަކުގެ ސެޓުތަކަށް އިޝާން މާ ގިނަގިނައިން ދާން ފެށުމުން ޖާންވީ ހިތްހަމަ ނުޖެހޭ ގޮތް ވާން ފެށީ އެވެ.
"ގޯސްޓް ސްޓޯރީޒް" ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި ޖާންވީ އުޅެނިކޮށް އެތަނަށް ވެސް އިޝާން ދިއުމުން ޖާންވި ވަރަށް ލަދުގަންނަ ގޮތް ވިއެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ތަފާތު ގިނަ ސަބަބުތަކާ ހެދި އިޝާން އާ ރުޅިވާން ނިންމީ ޖާންވީ އެވެ. އަދި ޖާންވީގެ މި ނިންމުމުން އިޝާންގެ ހިތް ވަނީ ހަލާކުވެފަ އެވެ. ޖާންވީ ވަރަށް ފަސޭހައިން އިޝާން މަތިން ހަނދާން ނައްތާލާ އެހެން ކުއްޖަކާ އެކު ލޯބީގެ ގުޅުމެއް ފަށާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އަކްޝަތު ރާޖަން ނަމަކަށް ކިޔާ ފިރިހެންކުއްޖަކާ އެކު އިންޑިޔާގެ ރަށެއްގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރުތަކެއް ޖާންވީ ވަނީ ސޯޝަލް މީޑިއާ އަށް ލާފަ އެވެ. މި ވާހަކަތައް މާ ގަދަޔަށް ދެކެވެމުން ދަނީ އެ ފޮޓޯތައް ވައިރަލް ވުމަށް ފަހުގަ އެވެ.
ޖާންވީ އާ އަލުން ރައްޓެހިވާން އިޝާން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ޖާންވީ ދާ އިވެންޓްތަކަށް ގޮސް އޭނާގެ ސަމާލުކަން ހޯދަން އިޝާން މަސައްކަތް ކުރާ ކަމަށް ވެއެވެ. ނަމަވެސް އިޝާން އާ ބައްދަލުކުރަން ޖާންވީ ބޭނުމެއް ނުވެ އެވެ.
ފިލްމީ ރޮނގުން ބަލާއިރު ޖާންވީގެ އަތުގައި ވަރަށް ޝައުގުވެރިވާ ކަހަލަ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ކާރްތިކް އާރްޔަން އާއި ލަކްޝަޔާގެ "ދޯސްތާނާ 2" އާއި ރާޖްކުމާރު ރާއޯ އާއެކު ކުޅޭ "ރޫހީ އަފްޒާނާ" އަދި "ގުންޖަން ސަކްސޭނާ" ބައޮޕިކް އާއި ކަރަން ޖޯހަރްގެ "ތަޚްތު" ހިމެނެ އެވެ.
އަނެއްކޮޅުން އިޝާންގެ އަތުގައި އޮތީ އެންމެ ފިލްމެކެވެ. ތައްބޫ އާއެކު ކުޅޭ މީރާ ނައިރްގެ "އަ ސޫޓެބަލް ބޯއީ' އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ