އެމްޑީޕީން ކައުންސިލް އިންތިހާބުގެ ޕޯސްޓަރު ހަރު ކުރުމުގެ ހަރަކާތް ފަށައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީން ވާދަކުރާ ކެންޑިޑޭޓުން ޕްރޮމޯޓްކުރުމަށް ކެމްޕެއިން ޕޯސްޓަރު ހަރު ކުރުމުގެ ހަރަކާތް ފަށައިފިއެވެ.
އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމަށް ބާއްވާ ހަރަކާތް ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ. މިހަރަކާތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޕޯސްޓަރު ހަރުކޮށްފައިވަނީ އެމްޑީޕީ ހަރުގެ ކައިރީގައެވެ. މި ހަރަކާތާއެކު މުޅި ރާއްޖޭގައިވެސް ކެމްޕެއިން ޕޯސްޓަރު ހަރުކުރުން ރަސްމީކޮށް ފެށިގެން ދިޔައީ ކަމަށް އެމްޑީޕީން ހާމަކުރެއެވެ.
އެމްޑީޕީން ވަނީ އެޕާޓީން ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތައް ކަށަވަރު ކުރުމަށް އެޕާޓީގެ ޕްރައިމަރީ ވެސް ބާއްވާފައެވެ. އަދި މިހާރު ވަނީ ޕާޓީގެ ފަރާތުން ކައުންސިލްތަކަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާފައެވެ.
އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ