އަބްދުﷲ ރަސްގެފާނު ރަހީނުކުރަން އުޅުނު ހަތަރު މީހުންގެ ޝަރީއަތް ފެށިގެން ކުރިއަށް

ސައުދީ އަރަބިއާގެ ކުރީގެ ރަސްގެފާނު، އަވަހާރަވެފައިވާ އަބްދުﷲ ރަސްގެފާނު ރަހީނުކުރަން ރާވައި އެކަން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ޝަރީއަތް ސައުދީގައި ފަށައިފި އެވެ.
މި ހަތަރު މީހުންނަކީ، އަބްދުﷲ ރަސްގެފާނު ސައުދީގެ ގަސަމް އަށް ކުރެއްވި ދަތުރުފުޅަކާއި ދިމާކޮށް އަބްދުﷲ ރަސްގެފާނު ރަހީނު ކުރަން ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިތިބި ބައެކެވެ. މީގެ ކުރިންވެސް މި މީހުންގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވެ އެވެ. އަލުން މި ޝަރީއަތްތައް ފަށާފައިމިވަނީ ކުރިން ކުރި ޝަރީއަތް ސައުދީ ސުޕްރީމް ކޯޓުން ގަބޫލު ނުކުރުމުންނެވެ.
އަބްދުﷲ ރަސްގެފާނު ރަހީނުކުރަން އުޅުނު ހަތަރު މީންނަކީ އަލްގައިދާ ޖަމާއަތާއި ގުޅުން ބޮޑު ހަތަރުމީހުންކަމުގައި ތުހުމަތު ކުރެ އެވެ. އަބްދުﷲ ރަސްގެފާނު އަވަހާރަވީ 2015 ވަނަ އަހަރުގަ އެވެ. މިހާރު ސައުދީ ރަސްގެފާނަކީ ސަލްމާން ރަސްގެފާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ