އިއްތިހާދު ބަލިކޮށް ރޮނާލްޑޯގެ ނަސްރު އެއްވަނައަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަލް އިއްތިހާދު ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަލް ނަސްރު ޖެހިލައިފިއެވެ.
ލީގުގައި ނަސްރުން މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެ ޓީމް އެއްވަނާގައި އޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކުއެވެ. ދެވަނާގައި އިއްތިހާދު އޮތީ ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއިއެކުއެވެ.
ރޭ މެޗުގައި ޖެހި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 9 ވަނަ މިނެޓުގައި ކިންގްސްލީ ކޮމަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ސަޑިއޯ މަނޭއެވެ.
މެޗުގެ ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި މަނޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މިއީ ލީގުގައި މި ސީޒަންގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. ލަނޑު ލިސްޓްގެ ދެވަނާގައި ރޮނާލްޑޯ އޮތްއިރު، އެއްވަނާގައި އޮތީ ރޮނާލްޑޯއާއި އެއް ޓީމަކަށް ކުޅެމުން އަންނަ ފެލިކްސްއެވެ. އޭނާ ވަނީ ފަސް ލަނޑު ޖަހާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ