ސްރީލަންކާގެ 27 ވަނަ "ޕްރެޒިޑެންޝަލް އެކްސްޕޯޓް އެވޯޑްސް 2024/2025" ގައި، ދުނިޔޭގެ މަޝްހޫރު ސައިފަތް ބްރޭންޑު ކަމަށްވާ އަކްބަރު ބްރަދާސްއަށް ހަތަރު އެވޯޑެއް ލިބިއްޖެ އެވެ.
ރާއްޖޭގައި ވެސް މަގުބޫލް މި ބްރޭންޑަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ލަންކާއަށް އެންމެ ގިނައިން ބޭރު ފައިސާ ވައްދާ ބްރޭންޑުގެ އެވޯޑާއި ދުނިޔޭގެ ފެންވަރުގައި އެންމެ މަގުބޫލު ބްރޭންޑު އާއި ސައިފަތް އެކްސްޕޯޓުކުރުމުގެ ދާއިރާއިން އަހަރުގެ އެންމެ މޮޅު އެކްސްޕޯޓަރުގެ އެވޯޑު އަދި އެ ދާއިރާއިން މެރިޓު އެވޯޑު ލިބުނެވެ.
މި އެވޯޑުތަކަކީ އެ ކުންފުނީގެ ހަރުދަނާ ލީޑަޝިޕާއި، އެއްވަރެއްގައި ހިފެހެއްޓިފައިވާ ފެންވަރުގެ އިތުރުން ކުންފުނީގެ މަތީ ފަންތީގެ ޚިދުމަތް ރަމްޒުކޮށްދޭ އެވޯޑުތަކެކެވެ.
މިއީ އަކްބަރު ބްރަދާސްއިން ހާސިލުކުރި 48 ވަނަ ޕްރެޒިޑެންޝަލް އެކްސްޕޯޓް އެވޯޑެވެ. މިއީ ވޭތުވެދިޔަ 30 އަހަރު މެދުކެނޑުމެއް ނެތި ލަންކާގެ ސައިފަތް އެކްސްޕޯޓްކުރާ އެންމެ ބޮޑު ކުންފުނީގެ ގޮތުގައި އަކްބަރު ދެމިއޮތްކަމުގެ ހެއްކެކެވެ.
މި ކާމިޔާބީން ދައްކުވައިދެނީ "ސިލޯން ޓީ" ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމަށާއި، ލަންކާގެ އިގުތިސާދަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ކަމަށް އަކްބަރުން ބުންޏެވެ.
ރާއްޖޭގައި އަކްބަރު ޓީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ބީއެޗްއެމް ޓްރޭޑާސްއިންނެވެ.
އަކްބަރު ބްރަދާސްގެ މި ޝަރަފުވެރި ކާމިޔާބީއާ ގުޅިގެން ބީއެޗްއެމް އިން ބުނީ ދުނިޔޭގެ ފެންވަރުގެ އިތުބާރު ހިފޭ، އަދި ޒަމާންވީ ތާރީހެއް އޮތް ބްރޭންޑެއް ރާއްޖޭގައި ތަމްސީލުކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އަކްބަރު ބްރަދާސްގެ ޓީމުން ކުރަމުންދާ މަސައްކަތަށާއި، ކުންފުނީގެ ފައުންޑަރުންގެ ފަރާތުން ވާރުތަވެފައިވާ ތެދުވެރިކަމާއި އަމާނާތްތެރިކަން ބީއެޗްއެމް އިން ފާހަގަކުރެ އެވެ.
ލަންކާގެ ޝަރަފުވެރި ހަތަރު އެވޯޑެއް އަކްބަރު ބްރަދާސް އަށް ލަންކާގެ ޝަރަފުވެރި ހަތަރު އެވޯޑެއް އަކްބަރު ބްރަދާސް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ