ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް އިންޑިއާ އާއެކު މަޝްވަރާކޮށްފި އެވެ.
އިންޑިއާގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް، ތަރުން ސޮބްތީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއާ ބައްދަލު ކުރައްވައިފަ އެވެ.
ހިލްމީގެ ދައުވަތަކަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތައް އިތުރު ކުރުމުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުންނެވެ.
މިހާރު ކުރިއަށް ގެންދާ ބައެއް ޕްރޮޖެކްޓުތައް އެގޮތުގައި ކުރިއަށް ގެންދިޔުމާއެކު ކަނޑުގެ ސަލާމަތީ މައުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމުގައި މަޝްވަރާ ކުރި އެވެ.
ތަރުން ސޮބްތީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ކޯސްޓުގާޑު ބޯޓު ހުރަވީއަށް ބޭނުންވާ ބައެއް ސްޕެއާތަކެއް ވެސް އެމްއެންޑީއެފްއަށް ހަދިޔާކޮށްފަ އެވެ.
ޑްރަގް ޓްރެފިކިން ހުއްޓުވަން އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރަން އިންޑިއާ އާއެކު މަޝްވަރާކޮށްފި ޑްރަގް ޓްރެފިކިން ހުއްޓުވަން އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރަން އިންޑިއާ އާއެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ