އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ދަންޑުން ތ. ހިރިލަންދޫ ސްކޫލްގެ ކޮމްޕިއުޓަރ ލެބަށް ބޭޏުންވާ 10 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ސާލިފް ނަސީރެވެ. އަދި ހިރިލަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ސޮއިކުރެއްވިއިރު ހިރިލަންދޫ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޝައްމޫންއެވެ.
އިސްލާމީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ލެޕްޓޮޕުތައް ހަދިޔާކޮށްދެއްވުމަށް ދީނީ ވަޤުފް ފަންޑުގައި އެދިލައްވާފައިވަނީ ތ. ހިރިލަންދޫ ކައުންސިލްގެ ފަރާތުންނެވެ.
މިި ލެޕްޓޮޕުތައް ހަދިޔާކުރުމުގެ މަޤުސަދަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތ. ހިރިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިސްލާމީ ވުޒާރާއިން ހިރިލަންދޫ ސްކޫލަށް 10 ލެޕްޓޮޕް ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ