2.5 ބިލިއަން ޗާޕުކުރަނީ މުސާރަ ދޭނެ ފައިސާ ނެތިގެން: ޔާމީން
އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަން މުއާމަލާތެއް ހިންގަނީ އަމިއްލަ ކުންފުނިތަކަށް ދޭންހުރި ދަރަނި އަދާކުރަން ކަމަށް ބުނެ ހަދަނީ ދޮގެއް ކަމަށާއި އެކަން ކުރަނީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ އާއި އާމްދަނީ ހޯދާނެ ގޮތެއް ނެތިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ދާދިފަހުން އިސްތިއުފާ ދެއްވާފަ އެވެ. މި މުއާމަލާތުގެ ނަތީޖާއަކީ ފައިސާ ޗާޕުކުރުމުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ މިއީ ފައިދާ ކުރުވަނިވި މާލީ މުއާމަލާތެއް ކަމާއި މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެފަ އެވެ.ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓު އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރަނީ އަމިއްލަ ފަރާތްތަކާއި ކޮންޓްރެކްޓަރުންނަށް ނުދެވި ހުރި ފައިސާ ދޭން ކަމަށް ކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެއީ މިކަމުގެ ހަގީގީ މަގުސަދެއް ނޫން ކަމަށެވެ."މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ އެކަމަށް، މިވަގުތުން ވަގުތަށް އޮތް ހައްލަކީ މިއީ ކަމަށް ވާތީ މިކަން މި ކޮށްލަނީ،" ޔާމީން ވިދާޅުވި އެވެ.ފައިސާ ޗާޕުކުރުމުގެ އަސްލު މަގްސަދަކީ، ޔާމީން ވިދާޅުވާ ގޮތުން ނަމަ ސަރުުކާރު މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ވެސް ދައުލަތުގެ ނެތުމެވެ."މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ އެކަމަށް، މިވަގުތުން ވަގުތަށް އޮތް ހައްލަކީ މިއީ ކަމަށް ވާތީ މިކަން މި ކޮށްލަނީ،" ޔާމީން ވިދާޅުވި އެވެ.ސަރުކާރުން ރަސްމީ ސިފައެއްގައި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ޔާމީން ވިދާޅުވީ ކަމުގެ ހަގީގަތް ހިސާބު އަކުރުތަކުން ފެންނަން އެބަހުރި ކަމަށެވެ.މި ސަރުކާރުން ރާއްޖެއަށް އިންވެސްޓަރުން ގެނައުމަށް ކުރާ މަސައްކަތްތަކުން ނަތީޖާއެއް ނުނުކުންނާތީ ޔާމީންގެ ވާހަކައިގައި ސަރުކާރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވަނީ ފާޑުވިދާޅުވެފަ އެވެ.އެގޮތުން ބޭރުގެ ގައުމުތަކުގައި އިންވެސްޓްމަންޓް ފޯރަމްތައް ބާއްވަމުން އަންނައިރު، ޔާމީން ވިދާޅުވީ އެފަދަ ކަންކަމުން ނަތީޖާއެއް ނުނެރެވެނީ، ސަރުކާރަށް ހީވާ ގޮތުން ގާނޫނުގައި މައްސަލަތަކެއް ހުންނާތީ ކަމަށެވެ. އަދި ގާނޫނުތައް އިސްލާހުކުރިޔަސް، އިންވެސްޓަރުން ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."ގާނޫނަކަށް އިސްލާހު ގެނެސްގެން، ފިޗު ރޭޓިންއާ މޫޑީޒް ރޭޓިންއަށް ބަދަލެއް ނާދޭ. ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން މަސައްކަތެއް ނުކޮށް، ދިޔަދޮވިން ފަހިކޮށްލާފައި އޮންނަ ގޮތަށް، ރާސްލާފައި މި ދަނީ ރިކަރަންޓް ހަރަދު. އޭގެ އިކޮނޮމިކް ރިޓާންއެއް ނެތް ކަންތައްތައް މިހިރީ،" ޔާމީން ވިދާޅުވި އެވެ.ފައިސާ ޗާޕުކުރުމަކީ އިގުތިސާދީ ގޮތުން ނުރައްކާ ކަމެކެވެ. ސަބަބަކީ، ޑޮލަރަކީ ޗާޕުކުރެވޭނެ އެއްޗަކަށް ނުވުމާއި ދިވެހި ރުފިޔާ އިތުރުވާ މިންވަރަކަށް ޑޮލަރަށް އޮތް ޑިމާންޑް ވެސް ބޮޑުވާނެތީއެވެ. އެހެންވެ، ފައިސާ ޗާޕުކޮށްފި ނަމަ، ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށްވާނެއެވެ. މިހާރު ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތިވެ، ރުފިޔާގެ އަގު ވަނީ ގާތްގަނޑަކަށް 30 އިންސައްތައަށް ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ