ފުވައްމުލަކާއި އައްޑޫ އަށް ކުރައްވާ ރަސްމީ ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މުއިއްޒު މި ދަތުރުގައި ފުރާވަޑައިގެންނެވީ މިއަދު މެންދުރު ފަހު ކަމަށެވެ. އެމަނިކުފާނު މިހާރު ހުންނެވީ ފުވައްމުލަކު ސިޓީގަ އެވެ.
މުއިއްޒުއާއެކު މި ދަތުރުގައި ވެސް ވަޒީރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި ބައެއް އެހެން ކުންފުނިތަކުގެ ވެެރިން ވެސް އެ ދަތުރުގައި ބައިވެރިވެ އެވެ.
މި ދަތުރުގައި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް މުއިއްޒު އާއި ސަރުކާރުގެ ވެރިން ވަޑައިގަންނަވާނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ.
ނަމަވެސް ރައީސް އޮފީހުން ބުނަނީ އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށެވެ.
ދެ ދުވަހުގެ ދަތުރެއްގައި މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް ދެ ދުވަހުގެ ދަތުރެއްގައި މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ