ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ

ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ. އެރިޔަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ ބަންޑުން ޖަހައިލި ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ރޭގެ ވަގުތެއްގައި ކ. އާއިލާފުށްޓާއި ވިލާ ނޯޓިކާ ރިސޯޓާއި ދެމެދުން އޮޔާދަނިކޮށް ކަމަށެވެ. އެއީ ބިދޭސީ މީހެކެވެ.
"އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުން ވެސް ފެނުނީ މަރުވެފައި އޮއްވަ އެވެ. އެއީ ދިވެއްސަކާއި ބިދޭސީ ދެ މީހުންނެވެ. ފުރަތަމަ ދެ މީހުންގެ ހަށިގަނޑު ވެސް ހޯދީ ސިފައިންގެ ޑައިވިން ޓީމުންނެވެ.
ތިންވަނަ މީހާ ހޯދަން ހުކުރު ދުވަހާއި އިއްޔެ އެމްއެންޑީއެފްގެ ޑްރޯން މާލެ ސަރަހައްދުގައި ދުއްވި އެވެ.
މެރިން ޕޮލިސްއިން ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ބުދަ ދުވަހުގެ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.
އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އޭގައި އޮތް އެކްސްކެވޭޓަރެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ