ގާސިމެއް ކަމަކު ދިވެހި ރައްޔިތުންނަށް މާހެވެއް އެދިގެން އުޅޭކަމަށް ހެދިގެން އުޅޭނެ ކަމެއް ނެތެވެ. ކޮންމެ ވެރިކަމެއްގައި ދައުލަތް ނޮޅާ ކެއުމުގައި އަވަދިނެތި އުޅޭ އެހެން އާދަމުގެ ދަރިއަކު އޭނާ ނޫނީ ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 
އޭނާގެ ހިތްފުރެނީ ކިހާވަރެއް ވީމާހެއްޔެވެ. ބުރިޖުގެ ކޮޅުދާލިން ދިމްޔާތު ހެދިކަމަށް ބުނެ މުއިއްޒަށް ވަގު ތުހުމަތު ކުރި ހަދާން އޭނާ ނެތަސް އެކަން އެހެން މީހުންގެ ހަދާނުގައި އެބަހުއްޓެވެ.
ކޯލިޝަން ހަދައިގެން އަނބިމިހާ އާއި ޕަޕެޓުން ވަޒީރުން ލައިގެން ރައީސް ސޯލިހުގެ ވެރިކަން ހަރާބުކޮށް އަދުލުވެރި ބަދަލުގެ ނަމުގައި ރިޝްވަތުގެ ހުތުރު ފައިސާގައި ކޯޓުތައް މެދުވެރިކޮށް ދައުލަތް ލޫޓުވާލީ ކާކުކަން އޮޅުވައެއް ނުލެވޭނެއެވެ. 
މާލޭގެ އެތައް އަގުބޮޑު ބިމަކާއި ރާއްޖޭގެ އެތައް ރަށަކާއި ފަޅެއް އަތްދަށަށް ލައިގެން މުޅި ދައުލަތް ކަޅާކުރުން ނޫންކަމެއް އޭރަކުވެސް މިހާރަކުވެސް ގާސިމު ނުކުރޭ ނޫން ހެއްޔެވެ. ގާސިމުގެ އަސްލު ސޫރަ ދިވެހިން ދެފުށުން ދަސްކޮށްފިއެވެ. 
ގާސިމު ނުކުރާން ގޮވާލާ ކަމެއް ވީހާވެސް އަވަހަކަށް ކުރުމަށްވުރެ ދިވެހި ރައްޔިތުންނަށް މޮޅު އެހެން ގޮތެއް ނުއޮންނާނެއެވެ. ގާސިމު ކަމެއް ނުކުރަން ނުވަތަ ކުރަން ގޮވާނީ އޭގެ ފަހަތުގައި ގާސިމަށް ހިސާބެއް ނެތްވަރުގެ މޮޅެއް އޮވެގެންނެވެ. 
ގާސިމް ދައްކާ ވާހަކަތައް ހަދާންކޮށްދީ ހުރި މުނާފިގުކަން އިރުއިރުކޮޅުން ހާމަކޮށް ދިނުމަކީ ޔާމީނު ވިދާޅުވާހެން ކުރަން ޖެހޭ ކަމެކެވެ. ބަލި ތަންމަތީގައި ނޯވެވިގެން މިއަދު މުޒާހަރާ ކުރުމާ ދެކޮޅަށް އަޑު އުފުލަނީވެސް ގާސިމް ހިތްފުރޭވަރު މުއިއްޒު ކައިރިން އަދި ނުވާތީއެވެ. އެވަރުވުމުން މުއިއްޒު ވައްޓާލަން އެންމެ ބާރަށް އުޅެގަންނަނީ ވެސް ގާސިމެވެ.
    
    ގާސިމް މުޒާހަރާކުރުމާ ދެކޮޅީ މުއިއްޒުކައިރިން އަދި ހިތްނުފުރޭތީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ