ދުންފަތުގެ ވިޔަފާރިކުރަން ލައިސަންސް ނަގަން ހަނދާންކޮށްދީފި

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކުން ނަގަން ޖެހޭ ލައިސަންސްތައް ހޯދުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަނދާންކޮށްދީފި އެވެ.
ވީ ކިހިނެއް؟ - ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އަދި އޭގެ ދަށުން އޮންނަ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގަވައިދުގެ ދަށުން، ދުންފަތުގެ ވިޔަފާރި ކުރުމަށް ލައިސަންސް ނަގަން ޖެހެ އެވެ. މި ލައިސަންސްތައް ހޯދުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހުޅުވާލާފަ އެވެ.
ތަފްސީލް - އެޗްޕީއޭއިން މިއަދު ބުނީ:
ލައިސަންސް ހޯދުމަށް ދިން ތިން މަހުގެ މުއްދަތު މި މަހު 17ގައި ހަމަވާނެ ކަމަށް
ލައިސަންސް ނެތި ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމާއި އެހެންވެ، އެކަން ހަނދާންކޮށްދޭ ކަމަށް
އެނގުން މުހިއްމު - ކޮންމެ ބާވަތަކަށް ކަނޑައަޅާފައިވާ ފީ ދެއްކުމުން ލައިސެންސް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ހެލްތު މިނިސްޓްރީން ދޫކުރާ ހަތަރު ބާވަތުގެ ލައިސެންސަކީ:
ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް: 5،000ރ.
ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ލައިސަންސް: 10،000ރ.
ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓުކުރުމުގެ ލައިސަންސް: 10،000ރ.
ދުންފަތުގެ އާ ބާވަތެއް ރަޖިސްޓްރީ ކުރުން: 10،000ރ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ