އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)އަށް އެއްބާރުލުން ދިނުން ހުއްޓާލުމުގެ ގާނޫނު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ތަސްދީގު ކުރައްވައި އެ އެޖެންސީ ސަސްޕެންޑްކޮށްފި އެވެ.
އީރާނުން އިއްޔެ އެ ގޮތަށް ނިންމީ އދ.ގެ ނިއުކްލިއާ ވޮޗްޑޮގްއާ އެކު އެއްބާރުލުން ދިނުން ހުއްޓާލުމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އައިއޭއީއޭ އިން އިޒްރޭލާ އެއްކޮށް މަސައްކަތްކޮށް، އެ ގައުމުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާދިނުމަށް މަގުފަހިކޮށްދިން ކަމަށް އީރާނުން ތުހުމަތު ކުރެ އެވެ. ނަމަވެސް އެ ތުހުމަތު އެ އެޖެންސީން ދޮގުކުރެ އެވެ.
އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ފޮރިން މިނިސްޓްރީއަށް، އެ ގާނޫނު ތަންފީޒު ކުރަން ޕެޒެޝްކިއަން އަންގާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ، އިރްނާ އިން ބުންޏެވެ.
އީރާނަކީ ނިއުކްލިއާ ޕްރޮގްރާމްތަކުގެ ސުލްހަވެރި މަގްސަދު ކަށަވަރު ކުރުމަށް ސައިޓްތައް މޮނިޓާކުރުމާއި އިންސްޕެކްޓް ކުރުމުގެ ހުއްދަ ދޭން އެ ގައުމުގެ މެމްބަރުންނަށް ލާޒިމްކުރާ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ)ގެ މެމްބަރެކެވެ.
"އެ ރިޕޯޓްތަކުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެނގޭ. އީރާނުން އެ މައުލޫމާތު ރަސްމީކޮށް ލިބެންދެން މި މަޑުކުރަނީ،" އައިއޭއީއޭ ތަރުޖަމާނު ވިދާޅުވި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އީރާނުގެ ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށާއި ލަސްނުކޮށް އައިއޭއީއޭއަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ތެހެރާނަށް ގޮވާލާ ކަމަށެވެ.
ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވީ މިއީ އީރާނަށް "މިސްރާބު ބަދަލުކޮށް ސުލްހަ އާއި ތަނަވަސްކަމުގެ މަގެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮތް ދަނޑިވަޅެއް" ކަމަށެވެ.
އދ.ގެ ނިއުކްލިއާ ފާރަވެރިއާއަށް އެއްބާރުލުން ދިނުން އީރާނުން މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ