ރިވައިވަލް ސްޕޯޓްސް ކްލަބާއި ރިވައިވަލް އޭދަފުށިން އިންތިޒާމުކޮށްގެން އޭދަފުށީގައި ބާއްވާ "ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން" އިއްޔެ ފެށުުނުއިރު، ކުރިން ފަަހަރެކޭ އެއްގޮތަށް ފުރަތަމަ ދުވަހު ވެސް ފޯރިގަދަ ކުރިމަތިލުންތަކެއް ފެނިގެން ގޮސްފި އެވެ.
މި މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވައިލައިގެން ރިވައިވަލް ސްޕޯޓްސް އިން ސިލްސިލާ ގޮތެއްގައި އޭދަފުށީގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ ފުރަތަމަ މުބާރާތް މިދިޔަ އަހަރު އޭދަފުށީގައި ކާމިޔާބުކަމާ އެކު ވަނީ ނިންމާލައިފަ އެވެ.
މި ފަހަރުގެ މުބާރާތުގައި މި ފަހަރު، ކުރިއަށް ދާނެ އިވެންޓްތަކަކީ އަންޑަ 9، 11، 13، 15، 17 އަދި 19 ފިރިހެން އަދި އަންހެން ސިންގަލްސް، އަންޑަ 11، 13، 15، 17 އަދި 19 އަންހެން އަދި ފިރިހެން ޑަބަލްސް އެވެ. ރިވައިވަލް އިން މިދިޔަ އަހަރު އޭދަފުށީގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 150 އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. މި އަހަރު ވެސް އެ ނަމްބަރު ފެންނަނީ އިތުރުކޮށެވެ.
ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަންގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން،---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
އެންޓްރީސް އަށް ބަލާއިރު، ޖުމްލަ އެކު، 166 ކުޅުންތެރިން ސިންގަލްސް އިވެންޓްތަކުގައި ވާދަކުރާނެ އެވެ. އަދި، ޑަބަލްސް ޕެއާ ތަކަށް ބަލާއިރު، ހުރިހާ އުމުރުފުރާ އަކުން، 67 ޕެއާ ފެނިގެންދާނެ އެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ އެކު، 211 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބްގެ އެކަޑަމީ އާއި ރިވައިވަލް އޭދަފުށި އެކަޑަމީގެ ކުޅުންތެރިންގެ އިތުރުން، އައްޑޫ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިންނާއި ނެޝަނަލް ޖޫނިއާ ޕޫލުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން، ނައިފަރު އެކަޑަމީގެ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.
އޭދަފުށީ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދ މި މުބާރާތުގައި އިއްޔެ، 34 މެޗު ކުޅުނުއިރު، ކުރިއަށްދިޔައީ، 9، 11، 13، 15 އަދި 17 އަހަރުން ދަށުގެ މެޗުތަކެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ވެސް ވާދަވެރި މެޗުތަކެއް ފެނިގެންދިޔައިރު، ދެ ވަނަ ދުވަހު، ފޯރިގަދަ އިތުރު މެޗުތަކެއް ފެނި، މުބާރާތް ކުރިއަށްދާ ވަރަކަށް ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ފެށިގެން ފޯރީގައި ކުރިއަށް ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ފެށިގެން ފޯރީގައި ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ