ރައީސް އޮފީހަށް ބޭނުންވާ މާ ދެ އަހަރަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ ރައީސް އޮފީހަށް ބޭނުންވާ މާ ދެ އަހަރަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ރައީސް އޮފީހުގެ ހާއްސަ ބޭނުންތަކަށް ގެންނަން ބޭނުންވާ މަލުގެ އިންތިޒާމުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މަލުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ޖުލައި 20، ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ކުންފުނީގެ ނަމާއި، ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަމާއި، އީ-މެއިލް އަދި ފޯނު ނަންބަރު ހިމެނޭ ގޮތަށް [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށްފަހު ޖުލައި 24، ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ރައީސް އޮފީހަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެ އޮފީހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ