ޓެރަރިޒަމްގެ އަމަލުތަކެއް ހިންގުމާއި އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހެއް ކަމަށް ތުހުމަތުކޮށް، އައްޑޫ ސިޓީން ހައްޔަރުކުރި މީހާ، ސުޕްރީމް ކޯޓުން މިދިޔަ ބުދަދުވަހު ދޫކޮށްލާފައިވަނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދޫކޮށްލިތާ އެއް ދުވަސް ފަހުން ގއ. ކޮލަމާފުށި، ވިކްޓްރީ މަފްތޫހު ސައީދު އަނެއްކާވެސް ހައްޔަރުކުރީ، ކުރިން ވެސް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގައި، މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
މަފްތޫހު އެންްމެ ފުރަތަމަ ހައްޔަރު ކޮއްފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު އައްޑޫ ސިޓީ އިންނެވެ. އޭނާ އާއެކު 9 މީހަކު ވަނީ އައްޑޫއިން ހައްޔަރު ކޮއްފައެވެ. އެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ފުރަތަމަ ޖެހީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ކަމަށްވާތީ ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލީ އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައި ނެތުމުންނެވެ.
ސުޕްރީމް ކޯޓުން ދޫކޮށްލި ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހާ އަލުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ