މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގައި 806 ފްލައިޓް ކެންސަލް ކޮށްފިއެވެ.
އެމެރިކާގެ ބައެއް ސަރަހައްދުތަކަށް އަރާފައިވާ ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު އެ ގައުމުގެ އެއާޕޯޓްތަކުން މިހާތަނަށް 843 ފްލައިޓު ކެންސަލް ކޮށްފައިވާއިރު، 8،000 އަށްވުރެ ގިނަ ފްލައިޓުތަކަށް ވަނީ ބުރޫ އަރައިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާގެ ހަތަރު އެއާޕޯޓަކަށް ވަނީ ތޫފާންގެ އަސަރުކޮށްފައެވެ. އޭގެތެރޭގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ މައި އެއާޕޯޓުތައް ހިމެނެއެވެ.
ތޫފާނުގެ ސަބަބުން އެ ގައުމުގެ 40 މިލިއަން މީހުންނަށް ސީދާ އަސަރުކޮށްފައިވާ ކަަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގައި 806 ފްލައިޓް ކެންސަލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ