އިޙްރާމް އަޅައިގެން ހުއްޓާ މަރުވި މީހަކާ މެދު ޢަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދެއްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
( اغْسِلُوهُ بِمَاءٍ وَسِدْرٍ ، وَكَفِّنُوهُ فِي ثَوْبَيْنِ ، وَلا تُحَنِّطُوهُ فَإِنَّ اللَّهَ يَبْعَثُهُ يَوْمَ الْقِيَامَةِ مُلَبِّيًا ) رواه البخاري 1265 ومسلم 1206
"ފެނާއި ކުންނާރު ފަތު ފެނުން ތިޔަބައިމީހުން އޭނާ ހިނަވާށެވެ. އަދި ދެ ފޭރާމުން އޭނާ ކަފުން ކުރާށެވެ. އަދި އޭނާގެ ގައިގައި ޙަނޫޠު ބޭނުންނުކުރާށެވެ. ފަހެ ހަމަކަށަވަރުން، ﷲ ތަޢާލާ ޤިޔާމަތްދުވަހު އޭނާ އަލުން ދިރުއްވާހުށީ ތަލްބިޔާ ކިޔާ މީހެއްގެ (އިޙްރާމްގައި ހުރި މީހެއްގެ) ގޮތުގައެވެ."
ޙަނޫޠަކީ މައްޔިތާ ކަފުންކުރާއިރު މީރުވަސް ދުއްވުމަށްޓަކައި، އެކި އެކި ބާވަތްތަކުގެ އަތަރުތައް އެއްކޮށްގެން ހަދާފައި ހުންނަ ޚާއްޞަ އަތަރެކެވެ.
- ޝައިޚް މުޙައްމަދު ޝާފިޢު
މަރްޖިޢުތައް:
https://islamqa.info/ar/answers/109335
https://islamqa.info/ar/answers/49032
އިޙްރާމް އަޅައިގެން ހުއްޓާ މަރުވެއްޖެނަމަ ދެއްވަވާ މަތިވެރި ނިޢުމަތް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ