މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެ އާއި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓްލެކޯއިން ބުނެފިއެވެ.ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ހުންނަ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށެވެ. މިހާރު ހުޅުމާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.އަދި ކަރަންޑުގެ ހިދުމަތް މެދު ކެނޑުމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް ދޭން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު- ސިނަމާލެ ބްރިޖު- މެދުވެރިކޮށް 100 ކިލޯވޮޓްގެ ކަރަންޓުގެ ވިއުގައެއް އަޅާފައިވެ އެވެ.މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ އިން ދަނީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މި ހިދުމަ ތަކަށް ޒަމާނީ ބަދަލުތަ ކެއް ގެނެސް ކަސްޓަމަރުންނާ ގާތުން ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ