ސްކޫލް ހުޅުވަން 2 ދުވަސް، ރާއްޖެތެރޭ އެއްވެސް ސްކޫލަކަށް އަދި ފޮތްލިސްޓްތަކަށް ފޮތް ނުލިބޭ! ސްކޫލްތައް ފެށި މަސްދުވަސް ވާ އިރުވެސް ފޮތްތައް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް!

ސްކޫލް ހުޅުވަން 2 ދުވަސް ވެފައި ވާއިރު، ރާއްޖެތެރޭ އެއްވެސް ސްކޫލަކަށް އަދި ފޮތްލިސްޓްތަކަށް ވާ ފޮތް ނުލިބޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިސްފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
މިކަންކަން ހަމަ ޖެހިފައި ނުވަނީ، ސަރުކާރުން ދަރިވަރުންގެ ތައުލީމަށް އަހައްމިއްޔަތު ކަން ބަހައްޓައިގެން ނިންމަންޖެހޭ އިދާރީ މަސައްކަތް ނިންމާފައި ނުވާތީ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
އަދި ކަންކަން އިންތިޒާމް ވެފައިވާ މިންވަރުން ސްކޫލްތަކަށް ބޭނުންވާ ދަރިވަރުންގެ ފޮތްތައް ކުރިއަށް އޮތް މަސްދުވަހުންވެސް ދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޗުއްޓީއަށް މާލެ އައިސް އުޅުއްވާ ޕޭރަންޓެއް ހާމަ ކުރި ގޮތުގައި، ފޮތުގައި ސެލޯފިން ލައްވައި އަދި ލައްކަ މަސައްކަތެއް ކުރަން ހުންނާނެ ކަމަށާއި، ސަރުކާރުގެ އިންތިޒާމުތައް ގޯސްވެގެން މި ގޮތަށް ލަސް ވުމަކީ ދަރިވަރުންގެ ކިޔެވުމަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ހާމަ ކުރެއްވިއެވެ.
މި ސަރުކާރުން ވަނީ 4000 ވުރެ ގިނަ ސިޔާސީ މަގާމު ދީފައެވެ. ގިނަ ބަޔަކު ތިބޭނެ ގޮޑިއެއް ވެސް ނެތެވެ. ނަމަވެސް ރައްޔިތުންގެ ކަންކަން ކުރަން މިއިން އެއްވެސް ސިޔާސީ ފަރާތެއް އިސްކަމެއް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ