މާލޭ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މެންދުރު މާލޭގެ ބައެއްސަރަހައްދުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން ބުނީ މިއަދު މެންދުރު 14:00 އިން 16:00 އަށް ހެންވޭރު ލޮނުޒިޔާރަތް މަގު، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އެވަގުތު ތަކަކީ ސްޓެލްކޯގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ވަގުތު ކަމަށްވެސް ބުނެފައިވެއެވެ.
Advertisement
އަދި ހަމައެއާއެކު، އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށްވެސް ސްޓެލްކޯއިން މަޢާފަށް އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ