ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކ. ގުޅީފަޅު ހިއްކުން ހުއްޓުވަން ހައި ކޯޓުން ނެރުނު އަމުރުގެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ގުޅީފަޅު ހިއްކަމުން ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އެ މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށެވެ. 
އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިއްޔެ ވިދާޅުވެފައިވަނީ އެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވާނެ ކަމަށެވެ. 
ހައި ކޯޓުގެ ދެ ފަނޑިޔާރުގެ އަގުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ އެ މަޝްރޫއު ހުއްޓާލުމުން ދައުލަތަށް ލިބޭނެ ގެއްލުމަށް ވުރެ މަޝްރޫއު ކުރިއަށް ގެންދިއުމުން ތިމާވެށްޓަށް ލިބޭނެ ގެއްލުން މާ ބޮޑު ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ