ދިރާގުން ވެސް ދިރާސީ އާ އަހަރާ ދިމާކޮށް 'ބެކް ޓު ސްކޫލް' ކެމްޕޭނެއް

އަންނަ ހަފްތާގައި ދިރާސީ އާ އަހަރު ފެށުމާ ދިމާކޮށް ދިރާގުން ވެސް 'ބެކް ޓު ސްކޫލް' ކެމްޕޭނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ދިރާގުން ބުނީ، 'ދިރާގު ބެކް ޓު ސްކޫލް' ކެމްޕޭނުގެ ދަށުން ނަސީބުވެރި ފަސް ފަރާތަކަށް 1،000ރ.ގެ ސްޓޭޝަނަރީ ވައުޗަރެއް ލިބޭނެ ކަމަށެވެ.
ތަފްސީލް - ކޮންމެ އަހަރަކު ވެސް ސްކޫލަށް ދާން ތައްޔާރުވާއިރު ތަފާތު ޑިޒައިންތަކަށް ފޮތުގެ ކަވަރު ތައްޔާރުކުރުމަކީ މިހާރު އާންމު ކަމެއްކަން ފާހަގަކޮށް ދިރާގުން ބުނީ:
ކޮންމެ ކުއްޖަކު ވެސް އާ އަހަރުގެ ފޮތް ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ނަސީބުވެރިއަކަށް ވެވިދާނެ
ދިރާގުގެ މި ކެމްޕޭނަށް ހާއްސަ ސޯޝަލް މީޑިއާ ޕޯސްޓުގައި #DhiraaguBackToSchool ހޭޝްޓެގް ޖެހުމަށް ފަހު އާ އަހަރުގެ ފޮތް ކަވަރު ހިއްސާކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ
ގުޅުން ހުރި ކަމެއް - 'ބެކް ޓު ސްކޫލް ކެމްޕޭން'ގެ ދަށުން އެ ކުންފުނިން ވަނީ ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަދި ހިލޭ ސެޓް-އަޕް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖު ނަގާ ހުރިހާ ކަސްޓަމަރުންނަށް ވެސް ހިލޭ ރައުޓަރު ލިބޭނެ
މި ކެމްޕޭންގެ ދަށުން %50 ޑިސްކައުންޓާ އެކު، 594ރ.އަށް ދިރާގު މައިފައި ޑިވައިސް ލިބޭނެ؛ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށް
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު އޮފާތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ