ޔޫކްރެއިނުން އިއުލާންކުރި ސުލްހައިގެ ވަގުތީ އެއްބަސްވުމެއް އަމަލީގޮތުން ފެށުމަށް ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ރަޝިއާއިން ދިން ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ޔޫކްރެއިނުން 26 މީހުން މަރުވެ 80 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
މި ހަމަލާތަކާ ގުޅިގެން ޒެލެންސްކީ ވަނީ ރަޝިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރަޝިއާއިން ސުލްހަ އިއުލާންކުރުމަށްފަހު ހަމަލާދިނުމަކީ ނުހަނު ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އަންގާރަ ދުވަހުގެ ރޭގަނޑުން ފެށިގެން ޔޫކްރެއިނުން ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ކަމަށާއި، ނަމަވެސް ރަޝިއާއިން ދޭ ހަމަލާތަކަށް ރައްދު ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުލްހަ އިއުލާންކުރި ވަގުތު ރަޝިއާގެ މިސައިލް ހަމަލާތަކެއްގައި 26 މަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ