އަލަށް އިންތިހާބުވި މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރު ކަމަށް ކައުންސިލަށް އިންތިހާބުވި އެމްޑީޕީގެ ގިނަ ބޭފުޅުން ޝައުގުވެރިވެ، ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ހިމެނޭހެން ކައުންސިލުގެ 18 ގޮނޑިއަށް އެމްޑީޕީގެ 16 މެންބަރުން އިންތިހާބުވި އެވެ. ބާކީ ދެ ގޮނޑި ލިބުނީ، ޕީއެންސީއަށެވެ.
މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްޑީޕީގެ އަށް އިންތިހާބީ ކައުންސިލަރުންގެ ޝައުގުވެރިކަން ޑެޕިއުޓީ މޭޔަރުކަމަށް އެބަ އޮތެވެ.
ތަފްސީލު - މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އަށް އިންތިހާބީ ކައުންސިލަރުންނަކީ:
ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) - 935 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 191 ވޯޓުގެ ފަރަގުން
ހުޅުމާލެ ދެކުނު ދާއިރާ އަހްމަދު ގާލިބު - 933 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 191 ވޯޓުގެ ފަރަގުން
ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) - 665 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 111 ވޯޓުގެ ފަރަގުން
ގަލޮޅު ދެކުނު ދާއިރާ އިސްމާއިލް ހަލީމް (ގުއްދޫސް އިއްސެ) - 923 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 18 ވޯޓުގެ ފަރަގުން
މާފަންނު އުތުރު ދާއިރާ ހުސައިން ފުރުޝާން (ފުރޫ) - 1،036 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 588 ވޯޓުގެ ފަރަގުން
މާފަންނު މެދު ދާއިރާ އައިޝަތު ހަނާ - 943 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 373 ވޯޓުގެ ފަރަގުން
މާފަންނު ދެކުނު ދާއިރާ އިބްރާހިމް ލަބާން ޝަރީފް - 781 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 151 ވޯޓުގެ ފަރަގުން
މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) - 1،040 ވޯޓާއެކު އިންތިހާބު ކާމިޔާބުކޮށްފައި ވަނީ، 365 ވޯޓުގެ ފަރަގުން
މާލޭ ޑެޕިއުޓީ މޭޔަރު ކަމަށް މި އަށް ބޭފުޅުން ވެސް ޝައުގުވެރިވާކަން އެބޭފުޅުން ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ.
ކައުންސިލަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހު 17ގަ އެވެ. އަދި ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރަނީ، ހުވާ ކުުރުމަށް ފަހު އޮންނަ ކައުންސިލް ޖަލްސާގައި ނަގާ ސިއްރު ވޯޓަކުންނެވެ.
އެމްޑީޕީން ޑެޕިއުޓީ މޭޔަރު ކަމަށް ގިނަ ބޭފުޅުން ޝައުގުވެރިވެ، ވާދަވެރިކަން ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ