ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށާއި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.
2026 މާރިޗު 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކުމްކޮށްފައި ވަނީ ދަފްތަރު. ނަންބަރު ދރ 2069 / މާލެ، ޙަމްދޫން އަޙްމަދު (31އ) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި 2024 ފެބުރުވަރީ 7 ވަނަ ދުވަހުއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޙަމްދޫން އަޙްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައި ވަނީ 2024 އޭޕްރީލް 17ވަނަ ދުވަހުއެވެ.
އަދި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް އެ އިދާރާއިން ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކެނަބިސް ޓްރެފިކް ކުރި މީހަކު 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ