ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްޤީކޮށްފައިވާ ފްލެޓްތަކުން ވިޔަފާރިއަށް ދޫކޮށްފައިވާ ޖާގައިގެ ތެރެއިން ފުރަތަމަ ފިހާރަ މިމަހުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ވިދާޅުވެއްޖެއެވެ.
އެފްޑީސީގެ އަމާން ދޯދި އަދި އަމާން އުދަރެސް ޕްރޮޖެކްޓްގައި ޖުމުލަ 127 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެތަންތަނުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އެފްޑީސީން މިހާރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަމުންދަނީ، އެތަންތަނަށް ބޭނުންވާ އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. 32 ޓަވަރުގައި ޖުމުލަ 127 ކޮމާޝަލް ސްޕޭސް ދޫކުރުމަށް ހުޅުވާލީ 2024ވަނަ އަހަރު ފަހުކޮޅެވެ.
އެފްޑީސީން ވިދާޅުވީ މި ތަންތަން ދޫކޮށްފައިވަނީ 6 ޒޯނަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ފިހާރަ ނިންމާ، ހުޅުވުމުގެ މަސައްކަތް ކުރަމުންދަނީ ނިރޮޅުމަގު ޒޯން 1ގެ ޓަވަރެއްގައެވެ.
އެ ސަރަޙައްދުގައި ވިޔަފާރިއަށް ފިހާރަތައް ނެތުމަކީ ރައްޔިތުންގެ އޮތް ކަންބޮޑުވުމެކެވެ.
ޚިދުމަތްތައް ޤާއިމުކުރަނީ ޒޯންތަކަށް ބަހާލައިގެންނެވެ.
ކޮންމެ ސަރަޙައްދަކަށްވެސް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްޤީކުރާނެއެވެ. 10 މިނެޓުން ހިނގާފަދެވޭ ދުރުމިނުގައި ތަރުކާރީ އަދި މޭވާ ވިއްކާ މާރުކޭޓުތައް ޤާއިމުކުރާނެއެވެ. އަދި ކެފޭ، ރެސްޓޯރަންޓްގެ ޚިދުމަތަށް ޚާއްސަކޮށްފަވާ ޔުނިޓްތައް ހިމެނޭކަމަށް އެފްޑީސީން ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރާއި އާއްމު އިޖުތިމާޢީ ޚިދުމަތްތަކަށްވެސް ގިނަ ޖާގަތަކެއް ދޫކޮށްފައިވާކަމަށް އެފްޑީސީން ވިދާޅުވިއެވެ. އޭގެތެރޭގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާ، ފާމަސީ، ވެލްނެސް ސެންޓަރުތައް ހުންނާނެއެވެ.
ބޭންކިންއާއި ޕޯސްޓްގެ ޚިދުމަތް ދިނުމަށްވެސް ވަނީ ޖާގަ ދޫކޮށްފައެވެ. މީގެތެރޭގައި ސަރުކާރުގެ ޖެނެރަލް ޕްރެކްޓިސް (ޖީ.ޕީ) ކްލިނިކްއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށް ތަރައްޤީކުރާ އެމްޕަވަރމެންޓް ހަބެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެތެރެއިން އާއްމު ފިހާރަތައް ވީހާވެސް އަވަހަށް ނިންމާ ޚިދުމަތަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ކޮމާޝަލް ސްޕޭސްގެ ގޮތުގައި ދުކުރަނީ 580 އަކަފޫޓާއި 6200 އަކަފޫޓާ ދެމެދުގެ ޖާގަތަކެވެ.
ގުޅުމާލެ ދެވނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 32 ޓަވަރުގައި 3620 ހައުސިން ޔުނިޓް ހިމެނެއެވެ. މި ފްލެޓްތަކުގައި 30،000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނެކަމަށް އަންދާޒާ ކުރެވެއެވެ.
އެފްޑީސީ ޓަވަރުގެ ފުރަތަމަ ފިހާރަތައް ހުޅުވުމަށް ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ