މިފަހުން ސޯޝަލް މީޑިއާގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވެފައިވާކަމަށް އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދާދިފަހަކުން ސޯޝަލް މީޑިއާގެ ތެރޭގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވުމުގެ ސަބަބުން އެކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކެމްޕެއިނެއް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ އިތުރުން އަތޮޅޫތެރޭގެ ރަށްތަކަށް އަމާޒުކޮށް މި ކެމްޕެއިންތައް ކުރިއަށްގެންދެވުނުކަން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާއިޝަތު ވިދާޅުވީ މުޖުތަމައުގައި އަންހެނުންނަށް އޮންނަ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ގިނަ ކަންކނަ ްމިހާރުވެސް ކުރަމުންގެންދާކަމަށެވެ. އެގޮތުން އާއިލާތައް ރައްކާތެރި ކުރުމުގެ މަސައްކަތާއި އަންހެނުންނަށް ދިމާވާކަންކަމުގައި ވީހާވެސް އަވަހަށް އިޖާބަދިނުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް ކަންކަން ކުރަމުން އނަްނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަނިޔާލިބޭ އަންހެނުންނާއި އާއިލާތައް ވަގުތީގޮތުން ބައިތިއްބާނެ ތަންތަން އެޅުމުގެ ކަންކަން ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫސިޓީގައި އިމާރާތްކުރާ ތަނުގެ މަސައްކަތް ފެށޭ ހިސާބުގައި އޮތްއިރު ހުޅުމާލޭގައި އިމާރާތްކުރާ ތަނުގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާކަމަށެވެ. ހުޅުމާލެއަށްފަހު އުނގޫފާރުގައި އަޅާތަނުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ކުރާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައިލަންސް ޝެލްޓާތައް ގާއިމް ކުރެވިގެންދާނޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީސްމީޑިއާގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ