ފަރެސްމާތޮޑާ ދާއިރާގެ ބައި–އިލެކްޝަން މިއަހަރު ނުބާއްވާނެ

އިންތިޚާބީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު، ނޮވެމްބަރު މަހު މަގާމުގެ ހުވާ ކުރެއްވިނަމަވެސް، ފަރެސްމާތޮޑާ ދާއިރާގެ ބައި–އިލެކްޝަން މިއަހަރު ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރިީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންވާނެކަމަށެވެ. ނަމަވެސް މެންބަރު ކަމުގެ ގޮނޑި ހުސްވާ ތާރިޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ ހަމަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައި ވާނަ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް  އިސްމާއީލް ހަބީބު ވިދާޅުވީ، މަޖިލިސް އިންތިޚާބަށް ގާތްގަޑަކަށް ދެން އޮތީ ހަ މަސް ދުވަސް ކަމަށެވެ. އަދި އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވާއިރު، މިއަހަރު ދެން އެއްވެސް ދާއިރާއެއްގެ ބައި–އިލެކްޝަންސް ކޮމިޝަނުން ނުބާއްވާނެ ކަމަށެވެ.
ފަރެސް ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވާނީ، އެދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ މެންބަރު އަދި އިންތިޚާބީ ނާއިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް، ނޮވެމްބަރު 17ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ހުވާ ކުރެއްވުމުންނެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ