ހޯޑެއްދޫގެ އިހުތިޞާސުން ކަޑެވާރެހާ ވަކިކޮށް އިންޓަގްރޭޓެޑް ޓޫރިޒަމަށް ޚާއްސަކުރަނީ
އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޭނުމަށް، ގދ. ކަޑެވާރެހާ އެ އަތޮޅު ހޯޑެއްދޫގެ އިހުތިޞާސުން މިއަދު ވަކިކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ހޯޑެއްދޫގެ އިހުތިޞާސުން ކަޑެވާރެހާ ވަކިކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިޞާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ހޯޑެއްދޫއަށް ވަޑައިގެން، ކަޑެވާރެހާ ޓޫރިޒަމަށް ޚާއްސަކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރު ތެރޭ ހޯޑެއްދޫ ކައުންސިލުން ކަޑެވާރެހާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް، ހިންގުމަށް ރާއްޖެއާ ރާއްޖޭން ބޭރުގެ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ހުޅުވާލިއެވެ. ކޮންސެޕްޓު ކަރުދާހުގައި އެކައުންސިލުން ބުނެފައިވާގޮތުން، ކަޑެވާރެހާގައި 100 ވިލާ ތަރައްގީކުރާނެއެވެ. އެ ސަރަހައްދުގެ އެހެން ރިސޯޓުތަކާ އެއްއަގެއްގައި ކޮޓަރި ވިއްކައިގެން 70 އިންސައްތައިގެ އޮކިއުޕަންސީގައި އަހަރަކު 38 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި ސާފު ފައިދާއަށް 22.19 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭނެ ކަމަށް ކޮންސެޕްޓް ކަރުދަހުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ