ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސްގައި ކުރިއަށް ގެންދާ ދެ ކޯހެއްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާގެ ކޮޗިންއަށް ހިނގައްޖެ އެވެ.
ވީކިހިނެއް؟ - ދެމެހެއްޓެނި ތަރައްގީގެ ދާއިރާއިން އެ ޔުނިވާސިޓީގައި ޕޮލިޓިކަލް ސައިންސް އަދި ސޯޝަލް ޕޮލިސީގެ މާސްޓާސް ކޯހުގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ކޮޗިންއަށް ދިޔައީ އެ ސިޓީ އަކީ ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި އިންޑިއާގައި އެންމެ ކާމިޔާބު އެއް ސިޓީއަށް ވާތީ ކަމަށް އެމްއެންޔޫން މިއަދު ބުންޏެވެ.
ތަފްސީލް - އެމްއެންޔޫން ބުނީ މި ދަތުރުގައި ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ކޮޗިންގައި ހިންގާ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާ ތަންތަނަށް ދަރިވަރުން ޒިޔާރަތްކޮށް ދިރާސާތައް ކުރާނެ ކަމަށާއި މައުލޫމާތު އެއްކުރާނެ ކަމަށެވެ. އެގޮތުން:
މިއީ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެމްއެންޔޫއާ އާދެމެދު އިލްމީ ދިރާސާ އާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދަން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކުރާ ދަތުރެއް
މި ދަތުރުގައި %100 ސޯލާ ހަކަތައިން ހިންގާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތް ކުރާނެ
ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަނޑުމަގުން ރަށްތައް ގުޅުވާލުމަށް ހުންގާ ވޯޓާ މެޓްރޯ މަޝްރޫއު ކުރިއަށްދާ ގޮތް ބަލާނެ
ތިމާވެށި ރައްކާތެރި ކުރުމަށް ހިންގާ މަޝްރޫއުތައް ބަލާ ދިރާސާ ކުރާނެ
ކޮޗިންގައި ހިންގާ ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ މަޝްރޫއުތަކުގެ މައުލޫމާތު ހޯދުމަށް ކޮޗިން ސިޓީ ކައުންސިލަށް ޒިޔާރަތް ކުރާނެ
ހަތަރު ދުވަހުގެ މި ދަތުރުގައި އެމްއެންޔޫގެ ދަރިވަރުން ކޮޗިން ޔުނިވާސިޓީގައި ރާއްޖޭގެ ސަގާފަތް ދައްކާލައި ރާއްޖޭގެ ތާރީހާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާނެ ކަމަށް އެމްއެންޔޫން ބުންޏެވެ. އެ ހަރަކާތުގެ ތެރެއިން މިއުޒިކާ އެކު ރައިވަރު އަދި ބަނދި ހުށަހެޅުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދާނެ އެވެ.
އެމްއެންޔޫގެ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ކޮޗިންއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ