ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ރ. އަތޮޅު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު އާއި އިނގުރައިދޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ރ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދުވާފަރަވެ. އޭގެ ކުރިން 2023 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ އިނގުރައިދޫ އެވެ.
ރޭ ކުޅުނު ރ. އަތޮޅުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދުވާފަރުން އަލިފުށި ބަލިކުރީ 4-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ 17 ވަނަ މިނެޓުގައި ދުވާފަރަށް ލީޑު ނަގައިދިނީ އަބްދުالله ލޫތު އިބްރާހީމް (ޝާނޭ) ޖެހި ގޯލުންނެވެ. އޭގެ މިނެޓެއް ފަހުން ދުވާފަރުގެ އަލީ ސައިމަން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ދުވާފަރުގެ ތިން ވަނަ ގޯލު ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ޖަހާދިނީ މުހައްމަދު ޖުމާން އަހުމަދު އެވެ. އަދި އެ ޓީމުގެ ހަތަރުވަނަ ގޯލު މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޖަހާދިނީ މުހައްމަދު އިސާމް (ޝަންޓޭ) އެވެ. އަލިފުށިން ޖެހި ހަމައެކަނި ގޯލު މެޗުގެ ފަހު މިނެޓުގައި ލިބުނު ދުރު ޕެނަލްޓީ އަކުން އެ ޓީމަށް ޖަހާދިނީ އަހުމަދު ހުސާމް އެވެ.
އިނގުރައިދޫ ޓީމުގެ ހާއްޕެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،---- ފޮޓޯ: އިމޭޖަސް،އެމްވީ
ރ. އަތޮޅުގެ ދެ ވަނަ ސެމީގައި އިނގުރައިދޫ އިން މަޑުއްވަރީގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 11 ވަނަ މިނެޓުގައި އިނގުރައިދޫ އަށް ލީޑު ނަގައިދިނީ މުހައްމަދު މަމްދޫހު އެވެ. އަދި އޭގެ މިނެޓެއް ފަހުން އަލީ ހާފިޒް (ހާއްޕެ) ގޯލެއް ޖަހާ އިނގުރައިދޫގެ ލީޑު ފުޅާކޮށްދިނެވެ.
އިނގުރައިދޫގެ ތިންވަނަ ގޯލު މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ކެޕްޓަން އަހުމަދު އައިހަމް (އައިހު) އެވެ.
މީގެ ކުރިން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިނގުރައިދޫ އިން ވަނީ 1-0 ގެ ނަތީޖާއަކުން ދުވާފަރު ބަލިކޮށްފަ އެވެ.
16:00: ގދ. ސެމީ ފައިނަލް: މަޑަވެލި - ގައްދޫ
16:00: ގދ ސެމީ ފައިނަލް: ވާދޫ - ތިނަދޫ
17:00: އއ. ފައިނަލް: މަތިވެރި - ތޮއްޑޫ
------------------------------------------
20:00: ކ. ގާފަރު - ކ. ދިއްފުށި
20:00: ކ. މާފުށި - ކ. ހިންމަފުށި
21:00: ކ. ގުރައިދޫ - ކ. ތުލުސްދޫ
21:00: ކ. ކާށިދޫ - ކ. ގުޅި
22:00: އދ. ސެމީ ފައިނަލް: ދަނގެތި - މަންދޫ
22:00: އދ. ސެމީ ފައިނަލް: މަހިބަދޫ - ކުނބުރުދޫ
23:00: އައްޑޫ ސެމީ ފައިނަލް: މީދޫ - ފޭދޫ
23:00: އައްޑޫ ސެމީ ފައިނަލް: ހިތަދޫ - މަރަދޫފޭދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ރ. އަތޮޅު ފައިނަލުގައި ދުވާފަރާއި އިނގުރައިދޫގެ ކުރިމަތިލުމެއް ގޯލްޑަން ފުޓްސަލް ޗެލެންޖް: ރ. އަތޮޅު ފައިނަލުގައި ދުވާފަރާއި އިނގުރައިދޫގެ ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ