އޮފާތަކަކާ އެކު އައިކެއާގެ އައުޓްލެޓެއް ލ. ގަމުގައި
އަގުހުރި އޮފާތަކަކާ އެކު އައިކެއާގެ މުޅިން އާ އައުޓްލެޓެއް ލ. ގަމުގައި ހުޅުވައިފިއެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ އެ ކަމަށް ޚާއްސަކޮށްގެން އިއްޔެ ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ. ގަމުގައި އަލަށް ހުޅުވި އައުޓްލެޓުން ފުރިހަމަ އޮޕްޓިކަލް ޚިދުމަތްތަކެއް ލިބެން ހުރިއިރު ސްޓައިލިޝް އައިނުތަކުގެ ފުޅާ ކަލެކްޝަނެއް ހިމެނޭ ކަމަށް އައިކެއާއިން ވަނީ ބުނެފައެވެ. މި ފިހާރަ ހުޅުވުމާ ގުޅިގެން، އަވި އައިނާއި ނަންބަރު އައިނުން 30 ޕަސެންޓުގެ ޚާއްސަ ޑިސްކައުންޓެއް މާޗު މަހުގެ އަށްވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ހަމަ އެއާ އެކު، އައި ކޭންޕެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، މި ސްކްރީނިން ކުރިއަށް ދާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާ ހަމައަށް ކަމަށް އައިކެއާއިން ވަނީ ބުނެފައެވެ. އައިކެއާއިން ލ. ގަމުގައި ފިހާރައެއް ހުޅުވުން -- ފޮޓޯ/ އައިކެއާ އެގޮތުން، ކަސްޓަމަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނު، އަވި އައިނު އަދި ފްރޭމްތައް ލިބެން ހުންނާނެ ކަމަށާއި ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސް އަދި ކަސްޓަމައިޒްޑް އޮޕްޓިކަލް ސޮލިއުޝަންސް ލިބެން ހުންނާނެ ކަމަށް އައިކެއާއިން ބުނެއެވެ. އައިކެއާއިން ބުނީ، އާ އައުޓްލެޓް ގަމުގައި ހުޅުވުމުގެ މައިގަޑު މަޤުޞަދަކީ ގަމުގައި 'ކޮމްޕްރެހެންސިވް އޮޕްޓިކަލް ކެއާ'އަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެެވެ. ހަމަ އެހެންމެ، ލ. ގަމު ރައްޔިތުންނަށް އިތުބާރު ހުރި، ޒަމާނީ އައިނު ފަސޭހަކަމާ އެކު ލިބޭނެ ގޮތް މަގުފައިކޮށްދިނުމަށް ކަމަށް އައިކެއާއިން ވަނީ ބުނެފައެވެ. އައިކެއާއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ އެ ސަރަހައްދުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހައްލު ހޯދުން ކަމަށެވެ. އައިކެއާއިން ގަމަށް ޚިދުމަތް ފުޅާކުރަން ނިންމި ނިންމުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އޮޕްޓިކަލްގެ ޚިދުމަތް ކަށަވަރުކުރުމުގެ ފުޅާ ވިސްނުން ގެންގުޅޭކަން ކަމަށް އައިކެއާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ