އައިޖީއެމްއެޗް އިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެކެވެ.
އިއްޔެ ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން 40 އަހަރުގެ މީހާގެ 7 ދުވަހު ބަންދުގައި ބެހެއްޓުމަށް އަދި 46 އަހަރުގެ މީހާގެ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން ވަނީ އަމުރުކޮށްފައެވެ.
އައިޖީއެމްއެޗްއިން ވައްކަން ކުރި ކަމަށް މި 2 މީހުންގެ މައްޗަށް ތުހުމަތު ކުރެވޭކަން ކްރިމިނަލްކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާއިރު ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ބުނެފައި ވަނީ ހޮސްޕިޓަލުގައި ހުރި އެލްމިނިއަމްތައް ނަގާފައި ވަނީ މުވައްޒަފަކު ހުއްދަދީގެން ކަމަށެވެ.
އެލްމިނިއަމްތައް ނަގަން ހުއްދަދީނީ ކޮން މުވައްޒަފެއްކަން ބުނެދެވިފައި ނުވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި ހާދިސާ ރިޕޯޓުގައި ވަނީ އޭސީގެ ބައިތަކެއް ނަގަން އުޅުނު ކަމަށްކަން ވެސް ފާހަގަކޮށްފައިވެއެވެ.
40 އަހަރުގެ މީހާ ކުށަށް އިންކާރުކޮށްފައި ވާއިރު އޭނާ ބުނެފައި ވަނީ އޭނާ އެތަނަށް ދިޔައީ ރަށްޓެއްސަކު ފެނިގެން ކަމަށް ކޯޓު އަމުރުގައިވެއެވެ.
އައިޖީއެމްއެޗްއިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ